twitterviber whatsapp telegramfacebookyoutube instagram
10th February 2026

ކުޅުދުއްފުށީ އަންހެނުން ކޮމެޓީން މޭކަޕް ކޯހެއް ފަށަނީ

ނަބީލާ އިސްމާޢީލް
Oct 18, 2021
2

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ކުޅުދުއްފުށީގައި ހެއާ ޑްރެސިން އެންޑް މޭކަޕް ދަސްކޮށްދޭ ކޯހެއް ފަށަން ނިންމައިފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ޑަބްލިއުޑީސީގެ ރައީސާ ހަދީއްޖާ މޫސާ ވިދާޅުވީ މި މޭކަޕް ކޯހަކީ ޑަބްލިއުޑީސީއާއި ބްލަސް ސެލޫން ގުޅިގެން 3 ދުވަހުގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށެވެ. މި ކޯހަށް ހުޅުވާލި 30 ޖާގަ، ބައިވެރިވާން ހުޅުވާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލްވެފައިވާކަމަށް ރައީސާ ވިދާޅުވި އެވެ.

މިކޯސް ކުރިއަށް ގެންދާނީ މި މަހުގެ 27 ން 29 އަށް ނޯދަން އޮފީސް ކޮމްޕްލެކްސް އިމާރާތުގަ އެވެ. ކޯހުގައި ކިޔަވާދޭނީ ބުލަސް ސެލޫންގެ ތަޖުރިބާކާރު ދެ ފަރާތަކުން ކަމަށާއި ކޯހަކީ ބައިވެރިންގެ އަތުން އެއްވެސް ފީ އެއް ނުނަގާ ހިންގާ ކޯހެކެވެ.

ކޯހުގައި ކިޔަވާދޭ އެއްޗެހީގެ ތެރޭގައި އެ މީހެއްގެ ހަންގަޑާއި ގުޅޭގޮތަށް މޭކަޕް ކުރުމަށާއި ހަންގަޑާއި ގުޅޭނެހެން ފައުންޑޭޝަން ބޭނުން ކުރުމަށާއި ދެ ސްޓައިލްއަކަށް ބޯކޮށަން ދަސްކޮށްދިނުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި މޭކަޕް ކުރާނެ ގޮތާއި ހަފްލާތަކަށް މޭކަޕް ކުރާނެ ގޮތްވެސް ދަސްކޮށްދޭނެ އެވެ.

މި ކޯހަކީ ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ރަށުގައި ހިންގާފުރަތަމަ ކޯސް ކަމަށާއި ވަރަށް އަވަހަށް އެ ކޮމެޓީން އިންތިޒާމުކޮށްގެން ފަހާކޯހެއް ހިންގާނެ ކަމަށް ރައިސާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355