twitterviber whatsapp telegramfacebookyoutube instagram
29th May 2026

ނަރުދޫ އާ އިންޖީނު ގޭގެ މަސައްކަތް ނިންމާ ހިދުމަތްދޭން ފަށައިފި

މުޙައްމަދު އަހުމަދު
Oct 20, 2021

ށ. ނަރުދޫގެ އާ އިންޖީނުގޭގެ މަސައްކަތްތައް އެއްކޮށް ނިންމާ ހިދުމަތްދޭން ފަށައިފި އެވެ.

ފެނަކައިން ބުނީ ށ. ނަރުދޫގައި ތަރައްގީ ކުރެވުނު އިންޖީނުގެއަކީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހެދުނު އިމާރާތެއް ކަމަށެވެ.

ފެނަކައިން ހާމަކުރާގޮތުގައި ށ. ނަރުދޫގައި ތަރައްގީ ކުރެވުނު އާ އިންޖީނުގެ އިމާރާތުގެ %100 މަސައްކަތް ‎ނިމި ޖަނަރޭޓަރތައް އައު އިންޖީނުގެއަށް ބަދަލުކޮށް އައު އިންޖީނުގެއިން ކަރަންޓްގެ ހިދުމަތްދޭންވަނީ ފެށިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355