twitterviber whatsapp telegramfacebookyoutube instagram
15th October 2025

މިއުޒިކް ފެސްޓިވަލަށް ތޭރަ އާއި ޝަލަބީ އަދި މައީޝާ!

އަބްދުލް ވާހިދު ޙަސަން
Oct 22, 2021
2

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ މިއުޒިކް ފެސްޓިވަލުގައި ރާއްޖޭ މަޝްހޫރު ލަވަ ކިޔުންތެރިން ބައިވެރިވާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ޔޫތު މިނިސްޓްރީ އާއި ސިޓީ ކައުންސިލާ ގުޅިގެން ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާއިރު މިއުޒިކް ފެސްޓިވަލް އޮންނާނީ މިމަހު 23 ވަނަ ދުވަހުގެ ރޭ ވެލިގަނޑު ސަރަހައްދުގައި އެވެ.

އެ ފެސްޓިވަލުގައި ރާއްޖޭގެ މަޝްރޫއު ލަވަ ކިޔުންތެރިން ބައިވެރިވާނެ އެވެ. އެގޮތުން މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އާއި ޝަލަބީ އިބުރާހިމް، އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް މައީޝާ (ރާޅު މަރިޔަބު) ބައިވެރި ލަވަ ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރު އެ ސަރަހައްދުގެ ބީޗުގައި އެރޭ ކައިޓް ސާފިންގެ ލައިޓް ޝޯ ވެސް ކުރިއަށްދާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. މި ދެ ހަރަކާތްވެސް ފެށިގެންދާނީ އެ ރޭ 10:00 ގައި ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355