twitterviber whatsapp telegramfacebookyoutube instagram
3rd February 2026

މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ރާއްޖެއައީ އަބަދުވެސް ވަކާލާތުކުރަމުން: ރައީސް

މުޙައްމަދު އަހުމަދު
Oct 27, 2021

ރާއްޖެއައީ އަބަދުވެސް ހަރު އަޑުން މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށްޓަކައި ވަކާލާތުކުރަމުން ކަމަށް ގްލާސްގޯގައި ކުރިއަށްދާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ ވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން 2030 ވަނަ އަހަރާއި ހަމައަށް އަންނައިރު ނެޓް ޒީރޯ ގައުމަކަށް ރާއްޖެ ހެދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި ކުދި ގައުމުތަކުން ކުރާ މަސައްކަތުން ވެސް ހެޔޮ ބަދަލެއް ފެންނާނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭ ކަންބޮޑުވުންތަކަކީ ހަމައެކަނި ކުޑަ ގައުމުތަކުން އުފުލާ ކަންބޮޑުވުންތަކެއް ނޫން ކަމަށާއި އެއީ މުޅި ދުނިޔޭން ވެސް ސަމާލުވާންޖެހިފައިވާ ކާރިސާއެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮންމެ ދުވަހަކު ވެސް ލަފާކުރަން ނޭނގޭނެހެން ތަފާތު އެކި ތޫފާންތަކާއި މޫސުމީ ބަދަލުތައް ފެންނަމުން ކަމަށާއި ޖަންގަލިތަކުގައި ރޯވުމާއި، ފެންބޮޑުވުމުގެ އެތައް ހާދިސާއެއް އަންނަނީ ހިނގަމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއާއި ރާއްޖެކަހަލަ ކުދި ގައުމުތަކުން މޫސުމީ ބަދަލުތަކުން ރައްކާތެރިވެ ސަމާލުވުމަށް އެދި މީގެ އެތައް އަހަރެއްކުރިން ބައިނަލްއަގްވާމީ މައިދާނުގައި އަޑު އުފުލަން ފެށިކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355