ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ސަރުކާރުން ކުރަމުންދާ ޖުމްލަ ހަރަދު 4 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން އަންނަނީ ގިނަ ހަރަދުތަކެއް ކުރަމުންނެވެ. ގިނަ ހަރަދުތަކެއް ކުރަމުން އަންނައިރު ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ވިޔަފާރިތަކަށް އެހީތެރިވުމަށް އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން މިހާތަނަށް 1.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވެ އެވެ.
1. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ): އެ އިދާރާއިން 868.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އޭގެ ތެރޭގައި ޑިޒާސްޓާ މެނޭޖްމަންޓުގެ ފަންޑުން ވެސް ވަނީ 84.1 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
2. ހެލްތު މިނިސްޓްރީ: އެމިނިސްޓްރީން ވަނީ މިހާތަނަށް 838.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
3. ޕްލޭނިން މިނިސްޓްރީ: 40.9 މިލިއަން ރުފިޔާ
4. ޓޫރިޒަމް މިނިސްޓްރީ: 29.2 މިލިއަން ރުފިޔާ
5. ފޮރިން މިނިސްޓްރީ: 6.8 މިލިއަން ރުފިޔާ
6. ޖެންޑާ މިނިސްޓްރީ: 4.6 މިލިއަން ރުފިޔާ
7. ހަޔާ އެޑިއުކޭޝަން މިނިސްޓްރީ: 3.3 މިލިއަން ރުފިޔާ
8. އައިޖީއެމްއެޗް: 198.7 މިލިއަން ރުފިޔާ
9. އެމްއެންޑީއެފް: 67.6 މިލިއަން ރުފިޔާ
10. މޯލްޑިވްސް ޕޮލިސް ސާވިސް: 31.7 މިލިއަން ރުފިޔާ
މީގެއިތުރުން ނެޝަނަލް ޑްރަގް އެޖެންސީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި އިމިގްރޭޝަނުން ވެސް ވަނީ ކޮވިޑާ ގުޅިގެން ހަރަދުކޮށްފަ އެވެ.