twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ގަމުގެ 5 މިސްކިތަކާއި އިޖުތިމާއީ މަރުކަޒުގައި ސޯލާ ޕީވީ ނިޒާމު ގާއިމުކުރަނީ

Nov 2, 2021

ފެނަކައިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ނެޓް މީޓަރިންގ އުސޫލުން ލ. ގަމު 5 މިސްކިތަކާއި އިޖްތިމާއީ މަރުކަޒުގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކައިން ބުނީ މި ޕްރޮޖެކްޓުގެ ދަށުން ލ. ގަމުގެ 5 މިސްކިތަކާއި އިޖްތިމާއީ މަރުކަޒުގައި ޖުމްލަ 60kWp ސޯލަރ ޕީވީ ހަރުކުރެވިގެން ދާނެކަމަށާއި މިކަމުގެ ސަބަބުން ލ. ގަމު ކައުންސިލުން ކަރަންޓަށް ކުރެވޭ ހަރަދު ބޮޑުތަނުން ލުއި ވެގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ސަބަބުން ދުވާލެއްގެ މައްޗަށް ޑީސަލް ބޭނުންކުރެވޭ އަދަދު 80 ލީޓަރު މަދުކުރެވިގެން ދާނެކަމަށް އަންދާޒާ ކުރެވޭއިރު, މަހެއްގެ މައްޗަށް ފެނަކައަށް 2400 ލީޓަރުގެ ޑިސަލް ސަލަަމަތް ކުރެވިގެންދާނެ ކަމަށް ފެނަކައިން އަންދާޒާކުރެ އެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭހެއް ކަމަށްވާ، ކާބަން ޑައިއޮކްސައިޑްގެ މިންވަރު މަހެއްގެ މައްޗަށް 5 ޓަން މަދުވެގެންދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ދެމެހެއްޓެނިވިިގޮތެއްގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކަރަންޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ އިތުރުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަކީ ސަރުކާރުގެ އަމާޒުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު ސަރުކާރުގެ އެ އަމާޒުތަށް ހާސިލްކުރުމަށް ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ދަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355