twitterviber whatsapp telegramfacebookyoutube instagram
23rd April 2024

"ސްކޮޑް" ޓްރެއިނިންގައި އަސްލު ބަޑި ބޭނުންކުރަން ދަސްކޮށްދިން: މަލްވިކާ

Nov 4, 2021

މަލްވިކާ ރާޖް ފުރަތަމަ ފެނިގެންދިޔައީ ކަބީ ޙުށީ ކަބީ ގަމްގައި ކަރީނާ ކަޕޫރް ކުޅިފައިވާ ޕޫޖާ ޝަރްމާގެ ކެރެކްޓާގެ ކުޑައިރުގެ ރޯލުންނެވެ.

އެ ފިލްމަށްފަހު ފިލްމީ ދާއިރާއިން ގެއްލިފައި ހުރުމަށްފަހު އޭނާގެ އެނބުރި އަންނަ ފިލްމު ސްކޮޑް ގެ ވާހަކަ މީޑިއާގައި ދެކެވޭތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ. އެގޮތުން މަލްވިކާ ވަނީ ފިލްމަށް ތައްޔާރުވާން އޭނާ ކުރި ތަޖުރިބާ ބެލުންތެރިންނާއި ހިއްސާކޮށްފައެވެ.

ސްކޮޑަކީ އެކްޝަން ތްރިލާއެވެ. އެހެން ކަމުން ފިލްމަށް ފިޓް ވުމަށް އޭނާ 6 މަސް ދުވަހުގެ ޓްރެއިނިން ސެޝަންތަކެއް ވަނީ ނަގާފައެވެ. އެގޮތުން ސެލްފް ޑިފެންސް ޓްރެއިނިންނާއި ކޮންބެޓް އެކްޝަން ވަނީ ދަސްކޮށްފައެވެ.

އެގޮތުން އެ ޓްރެއިނިންތައް ނަގައި ދިނީ ޕޮލެންޑްގެ އިންސްޓްރަކްޓަރެއް ކަމަށާއި ޓްރެއިނިންގެ ތެރެއިން ސްނައިޕަރުން އުޅޭގޮތާއި އަސްލު ބަޑި ބޭނުންކޮށްގެން ބަޑި ގެންގުޅޭނެ އުކުޅުތައް ދަސްކުރި ކަމަށްވެސް މަލްވިކާއާއި ހަވާލާދީ ޕިންކް ވިލާއިން ބުނެފައި ވެއެވެ.

ފިލްމު ސޫޓް ކުރިއިރު ފިލްމުގެ އެކްޝަން ޑައިރެކްޓަރު ކެއިރް ބެކްގެ މޮޅުންކަން މަލްވިކާ ފާހަގަ ކުރިއެވެ. އެގޮތުން އެކްޝަން މަންޒުތައް ނެގުމުގައި ވަރަށް އެހީވި ކަމަށާއި އެހެންކަމުން އެ ސޮޓްތައް ފަސޭހަ ކަމާއެކު ނިންމާލެވުންކަަމަށް ބުނެފައިވެއެވެ.

އެ ފިލްމަކީ ނިލޭޝް ޝާހޭގެ ވާހަކައެކެވެ. އެ ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރަނީވެސް އޭނާއެވެ. މިއީ ކުރީގެ ފިލްމީތަރި ޑެނީ ޑެންޒޮޕާގެ ފިރިހެން ދަރިފުޅު ރިންޒިންގ ފިލްމީ ދާއިރާއަށް ނުކުންނާނެ ފިލްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355