twitterviber whatsapp telegramfacebookyoutube instagram
9th June 2026

ހދ ގެ 4 ރަށެއްގައި އައުޓް ޑޯ ވޮލީ ކޯޓު އަޅަނީ

މުޙައްމަދު އަހުމަދު
Nov 7, 2021

ކުޅުދުއްފުށި ސިޓީގައި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޔޫތް މިނިސްޓްރީން ކުރެއްވި ޓްވީޓްގައިވާ ގޮތުން ކުޅުދުއްފުށީގެ އިތުރުން ހދ ގެ އިތުރު ތިން ރަށެއްގައި ވޮލީ ކޯޓް އެޅުމަށް ނިންމާ ޔޫތް މިނިސްޓްރީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ ހދ. ކުމުންދޫ، ހދ. ނޭކުރަންދޫ އަދި ހދ. ފިނޭގަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދުމަށް އެމިނިސްޓްރީން އިއުލާންކޮށްފައިވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.

މިއެއްބަސްވުންތަކުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އިބްރާހީމެވެ. ވޮލީ ކޯޓު އެޅުމަށް ކޮންޓްރެކްޓުގައި ސޮއިކުރި އެހެން ރަށްތަކަކީ ށ. ފުނަދޫ، ށ. މިލަންދޫ، ބ. ކެންދޫ، ބ. ގޮއިދޫ، ވ. ފެލިދޫ، ވ. ފުލިދޫ، ވ. ކެޔޮދޫ، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ތ. މަޑިފުށި، ގއ. ވިލިނގިލި، ގއ. ދާންދޫ، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި، ޅ. ހިންނަވަރު ކ. ތުލުސްދޫ، މ. ދިއްގަރު، ލ. ފޮނަދޫގެ އިތުރުން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ. މި ކޯޓްތަކުގެ އިތުރުން މާލޭގައި 3 ކޯޓް އެޅުމަށް ވަނީ ނިންމާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355