twitterviber whatsapp telegramfacebookyoutube instagram
20th May 2024

ކޮވިޑް ޕޮޒިޓިވިޓީ ރޭޓް މައްޗަށް

ޚަދީޖާ އާދަމް
Nov 9, 2021

ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް ޖުލައި މަހުން ފެށިގެން މަތިވަމުން އައިސް، އެ ރޭޓް 4 ޕަސެންޓާ ގާތްވެފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި މަހު ޕޮޒިޓިވިޓީ ރޭޓް ހުރީ 2.04 ގައެވެ. އެމަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ރެޓް މަތިވަމުން އައި ނަމަވެސް ރޭޓް ހުރީ ދެ ޕަސެންޓްގައެވެ. އެގޮތުން އޮކްޓޯބަރު މަސް ނިމުނުއިރު ރޭޓް ހުރީ 2.64 ގައެވެ.

ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް މި އަހަރު އެންމެ މައްޗަށް ގޮސްފައިވަނީ މެއި މަހުއެވެ. އެ މަހު ރޭޓް އުޅުނީ 23.68 ގަ އެވެ. ނަމަވެސް ޖޫންމަހު އެ ރޭޓް ވަރަށް ބޮޑަ ދަށްވެފައިވާއިރު އެ މަހު ޕޮޒިޓިވިޓީ ރޭޓް ހުރީ 6.60 ގަ އެވެ.

މުޅި ރާއްޖޭގެ އަދަދުތައް މަތިވެފައި މި ވަނީ ރަށްރަށުގެ ކޮވިޑްގެ ކޭސްތައް އިތުރުވުމުން ކަމަށް މި ތަފާސްހިސާބުތަކުން ދައްކަ އެވެ. މި މަހުގެ މިހާތަނަށް ރަށްރަށުގެ ޕޮޒިޓިވިޓީ ރޭޓް ހުރީ 4.71 ޕަސެންޓްގަ އެވެ. އަދި މާލޭގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ހުރީ 3.8 ޕަސެންޓްގަ އެވެ.

ޕޮޒިޓިވިޓީ ރޭޓް މައްޗަށް އަރަމުން އަންނައިރު ރާއްޖޭގައި ކޮވިޑަށް ޓެސްޓްކުރާ މިންވަރު ވެސް މަހުން މަހަށް ދަށްވަމުން އެބަދެ އެވެ. ޖުލައި މަހުގައި 177،863 ސާމްޕަލް ޓެސްޓްކުރިއިރު އޮގަސްޓު މަސް ނިމުނުއިރު ޓެސްޓްކުރެވިފައި ވަނީ 167،681 ސާމްޕަލެވެ. އަދި ސެޕްޓެމްބަރުގައި އެ އަދަދު 144،598 އަށް ދަށްވިއިރު އޮކްޓޫބަރުގައި ޓެސްޓްކުރި ސާމްޕަލްގެ އަދަދަކީ 112،584 ގަ އެވެ. މި މަހުގެ މިހާތަނަށް ޓެސްޓްކޮށްފައި ވަނީ 26،537 ސާމްޕަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355