twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޝާހްރުކްގެ މެނޭޖަރު ޕޫޖާވެސް ބަލިވެ ކަމަށް ބުނެ ޕޮލިހަށް ހާޒިރު ނުވި

Nov 9, 2021

އާރިޔަން ޙާންގެ ޑްރަގް މައްސަލަ އެންސީބީން މިހާރު ޕޮލިހުންގެ ސްޕެޝަލް އިންވެސްޓިގޭޝަން ޓީމަކާއި ހަވާލުކޮށްފައިވާއިރު އެ މައްސަލައާއި ގުޅިގެން އެސްއައިޓީ އެންމެ ފުރަތަމަ ސުވާލުކުރުމަށް ޕޮލިހަށް ހާޒިރުވާން އެންގީ ޝާހުރުކްގެ މެނޭޖަރު ޕޫޖާ ޑަޑްލާނީ އަށެވެ.

މިދިޔަ އާދިއްތަ ދުވަހު ސުވާލުކުރުމަށް އާރިޔަން އެންސީބީއާށް ހަޒިރުވާން އެންގުމުން ބަލިކަމަށް ބުނެ ހާޒިރުވެފައެއް ނުވެއެވެ. އެގޮތުން ޕޫޖާވެސް ހޯމަ ދުވަހު ޕޮލިހަށް ހާޒިރުވާން އެންގުމުން ބަލިކަމަށް ބުނެ ހާޒިރުވެފައެއް ނުވެއެވެ.

މި ކޭހާ ގުޅިގެން ރުފިޔާގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ޑްރަގް މައްސަލާގައި ހިމެނޭ އެއް ވިޓްނަސް އޭޕީ ގޯސާމީގެ ބޮޑީގަޑު ވަނީ ޕޮލިހުގައި މައްސަލައެއް ރިޕޯޓްކޮށްފައެވެ. އޭނާ ބުނީ ގޯސާމީ ސޭމް ޑިސޫޒާ ކިޔާ މީހަކާ ފޯނުން ވާހަކަ ދައްކާ އަޑުއެހިން ކަމަށާއި އޭނާ ގާތު އެންސީބީގެ ޗީފް ސަމީރު ވެންޙެޑޭއަށް 8 ކްރޯޑް ރުޕީސް ފޮނުވަން ބުނިކަމަށެވެ.

ޑްރަގް މައްސަލާގައި އާރިޔަން ހައްޔަރުކުރި ނަމަވެސް އެ ދުވަހު އޭނާ އަތުން ޑްރަގް ފެނިފައެއް ނުވެއެވެ. އަދި އެދުވަހު ޑްރަގް ބޭނުންކޮށްފައިވާކަމަކަށްވެސް އޭނާގެ މެޑިކަލް ރިޕޯޓްތަކުން ދައްކާފައެއް ނުވެއެވެ. ނަމަވެސް އާރިޔަންގެ ވަޓްސްއެޕް ޗެޓްތައް ބެލުމަށްފަހު އޭނާ އާއި އިންޓަނޭޝަނަލް ޑްރަގް ރިންގަކާއި ގުޅުން އޮންނަ ކަމަށް އެންސީބީ ވަނީ ތުހުމަތުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355