twitterviber whatsapp telegramfacebookyoutube instagram
5th May 2024

ދައުލަތުގެ ދަރަނީގެ ގޮތުގައި 34 ބިލިއަން ރުފިޔާ

ޚަދީޖާ އާދަމް
Nov 10, 2021

ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ގޮތުގައި ނަގާފައިވަނީ 34 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ މި ސަރުކާރުން ނެގި ދަރަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ މަދުވާނެކަމަށާއި މިހާތަނަށް އައި ސަރުކާރުތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް ނެގީ ވެސް ޔާމީން ސަރުކާރުން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދަރަނީގެ މައުލޫމާތު ރެކޯޑު ކުރަނީ، އެ ދަރަނީގެ އަދަދުތައް ލިބޭ ހިސާބުން ކަމަށާއި ބައެއް ލޯނުތައް މާލީ އިދާރާތަކުން ދޫކުރަނީ އެކި ބައިތަކަށް ބަހާލައިގެން، އެ މަޝްރޫއަކަށް ބޭނުންވާ ވަރަކުންކަމަށެވެ. މި ސަރުކާރުން ނެގި ދަރަނި ކުރީގެ ސަރުކާރަށް ވުރެ އިތުރު ނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވިގޮތުގައި، މުޅި ދުނިޔެ އަށް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ކާރިސާއާއެކު ވެސް ދަރަނި ހުރީ 34 ބިލިއަން ރުފިޔާގަ އެވެ. މި އަަަދަދުގެ ތެރެއިން ސަރުކާރުން ގެރެންޓީ ދީގެން އިންޑިޔާގެ ރިޒާވް ބޭންކުން ނަގާފައިވާ ކަރެންސީ ސްވޮޕް ފެސިލިޓީ އަށް 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އެމްއެމްއޭ އިން ދެއްކުމުން ދަރަނި 30 ބިލިއަނަށް ކުޑަ ވާނެ މިނިސްޓަރު ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކަށް ބަލާއިރު، އެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާ އަށް ދަރަނި އަރާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. މި ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކުގެ އަދަދު އުޅެނީ 51.1 ބިލިއަން ރުފިޔާގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355