twitterviber whatsapp telegramfacebookyoutube instagram
19th June 2026

އެކައުންޓިން ދާއިރާއަށް ޒުވާނުން ޝައުގުވެރި ކުރަން ޖެހޭ: ރައީސް

ޚަދީޖާ އާދަމް
Nov 16, 2021

އޮޑިޓިންއާއި އެކައުންޓެންސީގެ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެ، ކޮންމެވެސް ވަރަކަށް ތަރައްގީ ވި ނަމަވެސް، މި ދާއިރާގައި ދިވެހިންނަށް ވުރެ ބިދޭސީން ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެހެންކަމުން ރާއްޖޭގެ އެކައުންޓިން ދާއިރާއަށް ޒުވާނުން ޝައުގުވެރި ކުރުވަން ސަމާލުކަން ދިނުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ. ރައީސް މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބާއްވާ މިއަހަރުގެ މޯލްޑިވްސް އެކައުންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ގާތްގަނޑަކަށް 4500 އަށްވުރެ ގިނަ ބިދޭސީން މަސައްކަތް ކުރާ ކަމަށާއި އަދި ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، އެކައުންޓިން ދާއިރާގެ މީހުންކަމަށެވެ.

އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން ބޮޑުވެފައިވާއިރު، މި ދާއިރާއިން މީހުން ބިނާ ކުރުމަށާއި ޒުވާނުން މި ދާއިރާއަށް ޝައުގުވެރި ކުރުވަން ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮޑިޓިންއާއި އެކައުންޓެންސީގެ މަސައްކަތްތައް ފެށިފައިވަނީ މީގެ ގާތްގަނޑަކަށް 67 އަހަރު ކުރިން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355