twitterviber whatsapp telegramfacebookyoutube instagram
1st August 2026

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 5000 އަށް އަރައިފި

ޚަދީޖާ އާދަމް
Nov 18, 2021

ރާއްޖޭން ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 5000 އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

އެގޮތުން ގައުމީ ވެކްސިން ޕްރޮގްރާމުގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 190 އަށްވުރެ ގިނަ މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ހާއްސަ ކެޓަގަރީތަކަށް އަމާޒުކޮށްދެމުން އަންނަ ބޫސްޓަރ ޝޮޓު މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 191 މީހަކު ވަނީ ފުރިހަމަކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބޫސްޓަރ ޝޮޓް ޖަހާފައިވާ 113 މީހަކާއި އަތޮޅުތެރެއިން ވެކްސިންގެ 3 ވަނަ ޑޯޒު ޖަހާފައިވާ 78 މީހެކެވެ. މިގޮތުން މިހާތަނަށް ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދުވަނީ 5390 އަށް އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355