twitterviber whatsapp telegramfacebookyoutube instagram
20th April 2024

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

ނަބީލާ އިސްމާޢީލް
Nov 21, 2021

ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި އެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތް، އަހްމަދު އާދިލެވެ.

މިއަދު ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން ލެބޯޓްރީގެ ހިދުމަތް ފެށިގެން ދިޔައިރު މިއަދު އެކަނިވެސް 57 ލެބޯޓްރީ ޓެސްޓެއް ވަނީ ހަދާފަ އެވެ. މި ސިއްހީ މަރުކަޒުގައި ލެބޯޓްރީ ހިދުމަތް ފެށުމާއިއެކު ރަށުން ބޭރަށް އެ ހިދުމަތް ހޯދަން ދިއުން ހުއްޓޭނެ ކަމަށާއި އަންނަ މަހު ވެސް އަލަށް އިތުރު ޓެސްޓްތައް ހެދުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާޒުގެ ވިސްނުމަކީ ޒަމާނުއްސުރެ މާލެއަށް ބަރޯސާވެފައިވާ ސިއްހީ ހިދުމަތް ސަރަހައްދީ ފެންވަރެއްގައި ތަރައްގީކޮށް ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުން ކަމަށެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީ ކުރެވިގެންދާ މަންޒަރަކީ މިކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ހިދުމަތެއް ފެށުމުން ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހަ ފާހަގަކުރައްވާ، ކުރިޔަށް އޮތްތާ މި ހިދުމަތް ފުޅާކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ކޮވިޑުގެ ދަތި އިޤްތިޞާދީ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނުގެ ހިކްމަތު އަމަލީ ބޭނުންކުރައްވާ ޤައުމު އާރާސްތު ކުރުމުން މި ދާއިރާއަށް ކުރެއްވި ހޭދަ އަކީ ތައުރީފް ހައްގު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ މި ހިދުމަތް ފެށުމުގެ ސަބަބުން ނޮޅިވަރަންފަރު ރައްޔިތުންގެ ޖީބަށް ލުއިވެ، ދަތުރު ކުރުމުގައި ކުރިމަތިވާ ތަކްލީފްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށާއި ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ މަރުކަޒެއްގައި ވެސް ފަރުވާ ދިނުމުގައި އެންމެ މުހިންމު އެއްކަމަކީ، ބަލިވެގެން ނުވަތަ އެނޫން ހިދުމަތެއް ހޯދަން އަންނަ ފަރާތެއްކަމުގައި ވިޔަސް، އޯގާތެރި ހިތްހެޔޮ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެއިން ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރުމަށް ހިދުމަތްތެރީންނަށް އިލްތިމާސް ކުރެއްވިއެވެ.

މިގޮތުން މިވަގުތު ހެދެން ހުރި ޓެސްޓުތަކަށް ބަލާއިރު، ލޭގެ ޓެސްޓް، ހަކުރު ބަލީގެ ޓެސްޓް، ކިޑްނީގެ ތަޙްލީލުގެ ޓެސްޓް، ޗިސްމޭ ތަޙްލީލުގެ ޓެސްޓް، ހިތުގެ ތަޙްލީލުގެ ޓެސްޓް، ކަށީގެ ތަޙްލީލގެ ޓެސްޓް، އިލެކްޓްރޯލައިޓްގެ މިންވަރު ދެނެގަންނަ ތަޙްލީލުގެ ޓެސްޓް، ކުޑަކަމުދާ ތަކެތީގެ ތަޙްލީލުގެ ޓެސްޓް، ބޮޑުކަމުދާ ތަކެތީގެ ތަޙްލީލުގެ ޓެސްޓް، ދިފާއީ ނިޒާމު އަދި ލޭގައި ހިމެނޭ ސިރަމްގެ ޓެސްޓުގެ އިތުރުން ޕްރެގްނެންސީ ޓެސްޓް ފަދަ މުހިންމު ޓެސްޓްތައް ހިމެނެ އެވެ. މީގެއިތުރުން ޑިސެންބަރު މަހުގެ ތެރޭގައި ލިޕިޑް ޕްރޮފައިލް ޓެސްޓުގެ ޚދުމަތް ވެސް ފަށަންވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355