twitterviber whatsapp telegramfacebookyoutube instagram
16th April 2026

އަލަށް ރިސޯޓު ހަދަން ނެރޭ ރަށްތަކުގެ އަގު ދަށްކުރަނީ ޑިމާންޑް ދަށްވުމުން: ފިނޭންސް މިނިސްޓްރީ

މުޙައްމަދު އަހުމަދު
Nov 22, 2021
1

އަލަށް ރިސޯޓު ހަދަން ނެރޭ ރަށްތަކުގެ އަގު ދަށްކުރަނީ ޑިމާންޑް ދަށްވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި އަލަށް ރިސޯޓު ހަދަން ނެރޭ ރަށްތަކުގެ އަގު (އެކުއެޒިޝަން ފީ) ދަށްކުރަނީ ޑިމާންޑް ދަށްވުމުން ކަމަށެވެ.

ސަރުކާރުން މި އަހަރު ރިސޯޓު ހަދަން 16 ރަށެއް ނެރުނުއިރު އެރަށްތަކުގެ އަގު ވަނީ ދަށްކުރެވިގެން ގޮސްފަ އެވެ. އަދި އެކަމާ ޓޫރިޒަމް މިނިސްޓްރީން ބުނީ އަގު ދަށްކުރީ އިންވެސްޓަރުންނަށް އިތުރު ފުރުސަތާއެކު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

އެހެންނަމަވެސް ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަމުން އައީ ކޮވިޑުގެ ހާލަތުގައި ރަށެއް ނެރުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރަށްތައް އިޝްތިހާރުކޮށްގެން ނެރެން ނުވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓުގައި 12 ރަށެއް މާކެޓަށް ނެރެން ނިންމިއިރު މިރަށްތައް ނެރޭނީ އާއްމުކޮށް ނެރޭ އަގުތަކަށްވުރެ ދަށްކޮށެވެ.

އަންނަ އަހަރު ނެރޭ ކޮންމެ ރަށެއްގެ އެކުއެޒިޝަން ކޮސްޓް އުޅެނީ 700000 ޑޮލަރާއި 1 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355