twitterviber whatsapp telegramfacebookyoutube instagram
26th September 2026

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 6،722 އަރައިފި

Nov 23, 2021

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 6،277 އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ 433 މީހަކު ބޫސްޓަރ ޑޯޒް ޖަހާފައިވާކަމަށާއި އެއީ މާލެ ސަރަހަައްދުން ވެކްސިން ޖެހި 130 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 303 މީހުންނެވެ.

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒް 49 މީހަކު ޖަހާފައިވާއިރު އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 40 މީހަކާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 09 މީހެކެވެ. އަދި ދެވަނަ ޑޯޒް 247 މީހަކު ޖަހާފައިވާއިރު މާލެ ސަރަހައްދުން އިއްޔެ ދެވަނަ ޑޯޒް ޖެހީ 191 މީހެކެވެ. އަތޮޅު ތެރެއިން 56 މީހެކެވެ.

މިހާތަނަށް ރާއްޖޭން 362،326 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާއިރު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 395،373 އަރާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293