twitterviber whatsapp telegramfacebookyoutube instagram
19th February 2026

މިނިސްޓަރު ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް

ނަބީލާ އިސްމާޢީލް
Nov 24, 2021

އދ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

އެކަން ހާމަކުރައްވާ މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ އަށް ކުރައްވާ ތިން ދުވަހަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ 6 އިން 9 އަށް ޝާހިދު ވަނީ އދގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އޭގެފަހުން ޝާހިދު ހުންނަވަނީ އދ.ގެ މައި މަރުކަޒު ގާއިމުކޮށްފައިވާ އެމެރިކާގެ ނިއުޔޯކުގަ އެވެ.

ޝާހިދު ވިދާޅުވި މި ދަތުރުގައި މަޝްވަރާ ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކުގެ އިތުރުން އދ. އަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355