twitterviber whatsapp telegramfacebookyoutube instagram
1st May 2024

މުސާރަ ކުޑަވުމުގެ ސަބަބުން ގާބިލް ޕްރިންސިޕަލުން ނުލިބޭ: އެޑިއުކޭޝަން މިނިސްޓަރު

މުޙައްމަދު އަހުމަދު
Nov 24, 2021

ސްކޫލްތަކަށް ގާބިލް ޕްރިންސިޕަލުން ނުލިބި އެކަމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހެނީ ޕްރިންސިޕަލުންނަށް ދޭ މުސާރަ ކުޑަވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ ރ. މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލެއް ނެތް މައްސަލައިގައި މަޖިލީހަށް ހާޒިރުކުރުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާޅަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އޮގަސްޓުމަހުގެ 15 ވަނަ ދުވަހު ޕްރިންސިޕަލް އިސްތިއުފާ ދީފައިވާ ކަމަށާއި އޭގެފަހުން އެސްކޫލަށް ޕްރިންސިޕަލެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ އޮގަސްޓް 18 އަދި އެއަށްފަހު ވެސް ކުރި އިއުލާނަށް ޝަރުތު ހަމަވާ ބޭފުޅަކު އިޖާބަ ނުދެއްވާ ކަމަށާއި އެހެންނަމަވެސް މިދިޔަ މަހުގެ ކުރީކޮޅު ކުރި އިއުލާނަށް ޝަރުތު ހަމަވާ ޕްރިންސިޕަލެއް ލިބުމުން ވަޒީފާ ހަމަޖެއްސުމުގެ ކަންކަން ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޕްރިންސިޕަލުން ލިބުމުގައި އެންމެ ގިނަ ދަތިތަކާ ކުރިމަތިވަނީ ޝަރުތު ހަމަވާ މީހުން ކުރިމަތިނުލުމުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ހަމައެއާއެކު ޕްރިންސިޕަލުންގެ މުސާރަ ކުޑަވުމަކީ ވެސް ދިމާވާ މައްސަލައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހިންގަން ގާބިލް ޕްރިންސިޕަލުން ނުލިބޭކަން ފާހަގަކުރެވޭ ކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ މުސާރައިގެ މައްސަލަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގަމުން އަންނަ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން އިއްޔެކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެ މިނިސްޓްރީގެ ހަރަދުގައި 20 ސްކޮލަރޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން އިނާޔަތެއްގެ ގޮތުގައި ކިޔެވުމުގެ ހަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސަކާއި ދެކޮޅު ޓިކެޓް ދޭން ވަނީ ނިންމާފަ އެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ހިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށްވެސް އެއިއުލާނުގައިވެ އެވެ.

ސްކޮލާޝިޕް ލިބޭ ފަރާތްތަކުން އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާ އިން މެލޭޝިއާގައި ކިޔެވުމަށް ހަމަޖެހިފައިވަނީ މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355