twitterviber whatsapp telegramfacebookyoutube instagram
29th November 2026

އޮފީސްތަކުން ބަޖެޓު ބޭނުންކުރާނެ ގޮތުގެ ކޭޝް ފްލޯ ޕްލޭން ހުށަޙަޅަން އެދިއްޖެ

ނަބީލާ އިސްމާޢީލް
Nov 29, 2021

އަންނަ އަހަރުގެ ބަޖެޓު އޮފީސްތަކަށް ބަޖެޓު ބަހަން ފައްޓަން މަޖިލީހުން ފާސް ކުރަން ޖެހޭތީ ބަޖެޓު ބޭނުން ކުރާނެ ގޮތުގެ ޕްލޭން ފޮނުވައި ދޭން ފިނޭންސް މިނިސްޓްރީން އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ނެރެފައިވާ "ބަޖެޓް ސާކިއުލާ"ގައި ބުނެފަވަނީ ބަޖެޓުގެ ޑިސްބާސްމަންޓް ޖަދުވަލް ތައްޔާރުކޮށް އަންނަ މަހުގެ 24 ގެ ކުރިން ރައްޔިތުން މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓު އޮފީސްތަކަށް ދޫކުރެ ވޭނީ އެ އޮފީހެއްގެ ކޭޝްފްލޯ ޕްލޭން މިނިސްޓްރީއަށް ލިބިގެން ކަމަށާ އަންނަ އަހަރުގެ ބަޖެޓު ދޫކުރާނީ މަހުން މަހަށް ކަމަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ބަޖެޓުގެ ޕްލޭން އެކުލަވާލުމުގައި އަަމަލު ކުރާނެ ގޮތުގެ ޕްލޭން އެއްވެސް ނެރެފައެވެ. މިގޮތުން ކޭޝް ފްލޯ ޕްލޭން ތައްޔާރު ކުރާއިރު ހަރަދާއި އާމްދަނީ ހިމަނަން ޖެހޭނެ ކަމުގައި އެ މިނިސްޓްރީންވަނީ ބުނެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާ ފާސްކުރީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ސަރުކާރުގެ ހުރިހާ އޮފީސް ތަކުން ވެސް ބަޖެޓު ބޭނުން ކުރާނެ ގޮތުގެ ކޭޝް ފްލޯ ޕްލޭން ތައްޔާރުކޮށް އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293