twitterviber whatsapp telegramfacebookyoutube instagram
18th April 2025

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އަންދާޒާކުރި ވަރަށްވުރެ އިތުރު

Nov 29, 2021

ޓެކްސްގެ ގޮތުގައި މި އަހަރު މިހާތަނަށް 12 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކުރި ވީކްލީ ފިސްކަލް ރިޕޯޓުން ބުނެފި އެވެ.

ޓެކުހުގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައި އޮތީ 10.8 ބިލިއަން ރުފިޔާ އެވެ.

އެރިޕޯޓުގައި ވާގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 16 ބިލިއަން ރުފިޔާ އެވެ. މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ޖުމްލަ އާމްދަނީއަކީ 21 ބިލިއަން ރުފިޔާ އެވެ.

އާމްދަނީގައި ހިމެނޭ އެހެނިހެން ބައިތައް

ސޯޓުތަކުގެ ކުލިން މިހާތަނަށް 1.5 ބިލިއަން ރުފިޔާ ލިބުނުއިރު ޕްރޮޕަޓީ އިންކަމްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ފީއާއި ޗާޖުގެ ގޮތުގައި 899.0 މިލިއަން ރުފިޔާ ލިބުނުއިރު ރެޖިސްޓްރޭޝަލާއި ލައިސަންސް ފީގެ ގޮތުގައި 572.1މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި އަހަރު ހަރަދު ކުރަން 33.4 ބިލިއަން ރުފިޔާ ދީފައިވާއިރު މިހާތަނަށް 26.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ބަޖެޓުގެ 73 ޕަސެންޓް ހޭދަކޮށްފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އަދި 23 ޕަސެންޓް ކެޕިޓަލް އެކްސްޕެންޑިޗާއަށް ވަނީ ހޭދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355