twitterviber whatsapp telegramfacebookyoutube instagram
2nd May 2025

އާރުއެލްގެ ބާވަތުގެ އައިވީ ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

ޚަދީޖާ އާދަމް
Dec 1, 2021

އާރުއެލްގެ ބާވަތުގެ އައިވީ ބޭނުންކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެފްޑީއޭއިން ވިދާޅުވީ ރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ހުރިހާ ބާވަތަކީ އޭގެ ސޭފްޓީ ރާއްޖޭގެ ބޯޑަރުން ޗެކްކުރެވިގެން އެތެރެކުރެވޭ އެއްޗެއްކަމަށެވެ.

އެގޮތުން މާލޭގެ ހޮސްޕިޓަލެއްގެ ބޭސްފިހާރައެއްގައި ވިއްކަން ބަހައްޓަފައި ހުރި "އާރްއެލް" އައިވީ ފުޅިތަކަކުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަވެފައިވާކަމަށެވެ. އަދި މިއީ އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އައިވީގެ ބާވަތެއް ނޫންކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިބާވަތުގެ އައިވީ ވިއްކުމަށް ރާއްޖޭގެ އެއްވެސް ފާމަސީއެއްގައި ހުރިނަމަ ވަގުތުން ނެގުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355