twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި ފެނަކައިން ކުރާ މަސައްކަތަށް ރިވެލި އެވޯޑް

މުޙައްމަދު އަހުމަދު
Dec 5, 2021

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ރިވެލި އެވޯޑް މިއަހަރު ފެނަކަ ކޯޕަރޭޝަނުން ހާސިލްކޮށްފި އެވެ.

ރިވެލި އެވޯޑަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ކައުންސިލާ ގުޅިގެން ކޮންމެ 2 އަހަރުން 1 އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގައި ބޭނުންތެރި ބަލައިގަންނަ ބަޔަކަށް ހަދައި، އެފަރާތްތަކުގެ އެކިއެކި ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، އެހުނަރުތައް މަސައްކަތުގެ ދާއިރާގައި ބޭނުންކުރާނެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށާއި، އެފަދަ ފަރާތްތައް މުޖުތަމައުން އެކަހެރިކުރެވެމުން ދިޔަދިޔުން ނިމުމަކަށް ގެނެސް، އިންސާނީ ހައްޤުތަކުގެ ރޮނގުން އެފަރާތްތަކަށް ލިބެންޖެހޭ ހައްޤުތައް ލިބިދެވޭކަން ކަށަވަރުކުރުމުގެ ގޮތުން ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ފެނަކައިން ކޮންމެ ރަށެއްގައި ތިބި އެފަދަ ފަރާތްތައް ދެނެގަނެ، ކަމާގުޅޭ އިދާރާތްތައް މެދުވެރިކޮށް އެ ފަރާތްތަކުގެ މައުލޫމާތު ވަޒަންކޮށް، އެފަރާތަކަށް އެވަގުތައް ބޭނުންވާ އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އޭގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފެނަކައިން އެފަރާތަކަށް އެންމެ އެކަށީގެންވާ ވަޒީފާއެއް ހަމަޖައްސައިދިނުން ނުވަތަ އެފަރާތެއްގެ ހުނަރު ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ފެނަކައިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަށްފަހު އެފަރާތްތައް ވަޒީފާގައި ގެންގުޅޭއިރު، މުވައްޒަފުންނަށް ލިބިދޭންޖެހޭ ހައްޤުތައް ލިބިދިނުމުގައި އެއްވެސް މިންވަރަކަށް އެހެން މުވައްޒަފުންނާއި ތަފާތުކުރުން ނުގެންގުޅޭކަން ފަހުރުވެރިކަމާއެކު އެކުންފުނިން ހާމަކުރެ އެވެ.

ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އެފަދަ ފަރާތްތަކަށް އެހީތެރިވެވޭނެ ގޮތްތަކެއް ރާވަމުންދާކަންވެސް އުފަލާއެކު އެކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކާ ގުޅިގެން އެކުންފުނިން ނިންމާ އެންމެހައި ނިންމުންތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ދެއްވަމުންގެންދަވާ އަގުހުރި ލަފާއާއި އިރުޝާދު ފާހަގަކޮށް އެމަނިކުފާނަށް އެކުންފުނިން ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355