twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވިލާ ކޮލެޖުން ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ހުޅުވާލައިފި

Dec 12, 2021

ވިލާ ކޮލެޖުގެ 2022 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފި އެވެ.

އެގޮތުން އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، އިންކްލޫސިވް އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޤުރުއާން، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް، ފާމަސީ، މެރިން ސްޓަޑީސް އަދި ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ޖުމްލަ 117 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ ކޮލެޖުން ބުނެ އެވެ.

އެ ކޮލެޖުން ބުނީ މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 61 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 30 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 26 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 12 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމަ އެއާއެކު، އޭސީސީއޭގެ އެޕްލައިޑް ނޮލެޖް، އެޕްލައިޑް ސްކިލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނަރސް) އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ޖެނުއަރީ އިންޓޭކަށް ހުޅުވާލާފައިވާކަމަށް އެ ވިލާ ކޮލެޖުން މައުލޫމާތުދެ އެވެ.

ވިލާ ކޮލެޖުން ބުނީ، ޖެނުއަރީ އިންޓޭކުގައި މި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން، ހައިބްރިޑް އަދި ފޭސް ޓު ފޭސްކޮށްވެސް ކިޔަވައިދޭ ކޯސްތައް ހިމެނޭ ކަމަށެވެ.

ޖެނުއަރީ 2022 އަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީ ކޯސްތައް ހިމެނެ އެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެއްކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

އެ ކޮލެޖުން ބުނީ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައިވާކަމަށާއި އަދި މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން އެ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 04 ޖެނުއަރީ 2022 އެވެ.

އަދި ވިލާ ކޮލެޖުގެ ވެބްސައިޓް (www.villacollege.edu.mv)މެދުވެރިކޮށް އޮންލައިންކޮށް ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ކޯސްތަކުގެ ކިޔެވުން، ޖެނުއަރީ މަހުގެ 3 ވަނަ ހަފްތާ ތެރޭގައި ފެށޭނެކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.

އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ފޯން ނަންބަރ 7980611 އަށް ގުޅައިގެން ނުވަތަ ވައިބަރ ކޮށްގެން ސާފުކޮށްލެވޭނެ އެވެ. ނުވަތަ ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަސްގެ މެއިލް([email protected]) އަށް މެއިލް ކޮށްގެން މައުލޫމާތު ސާފުކޮށްލެވޭނެކަމަށްވެސް އެ ފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355