twitterviber whatsapp telegramfacebookyoutube instagram
13th June 2026

އެއާޕޯޓް ފެންސް ކައިރީގައި ހުންނަ އޮޅުތަކުގެ ވެރިންނާއި ކައުންސިލުން ބައްދަލުކުރަނީ

މުޙައްމަދު އަހުމަދު
Dec 13, 2021
2

އެއާޕޯޓް ފެންސުކައިރީގައި މަގެއް ހަދަމުންދާތީ އެ ސަރަހައްދުގައި ހުރި އޮޅުތަކުގެ ވެރިންނާއިއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިރޭ ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

މިބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިރޭ (13 ޑިސެމްބަރ 2021) 20:30 ގައި އެން.އޯ.ސީ ހޯލުގަ އެވެ.

ކައުންސިލުން މިމަހުގެ 10 ވަނަ ދުވަހު ރަށުގެ 3 ސަރަހައްދަކުން ބޮނބިފާ/ އޮޅުތައް ނެގުމަށް އެންގުމާއި ގުޅިގެން އެ މަސައްކަތްކުރާ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރުމުން މީގެކުރިން ވެސް ވަނީ އޮޅުތަކުގެ ވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

ކައުންސިލުން އެފަދަ ނިންމުމެއް ނިންމިއިރު އެ މަސައްކަތް ކުރާ ފަރާތްތަކާއި މަޝްވަރާކޮށްފައި ނުވާތީ އެ މަސައްކަތްކުރާ ފަރާތްތަކުން ވަނީ މީގެކުރިން ވެސް ޝަކުވާކޮށްފަ އެވެ.

އެހެންކަމުން އެއާޕޯޓް ފެންސް ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުތަކުގެ ވެރިން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލުން ހާމަކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355