twitterviber whatsapp telegramfacebookyoutube instagram
4th November 2025

ސަލްމާންގެ ތައުރީފް ސުޝްމިތާއަށް

ޚަދީޖާ އާދަމް
Dec 14, 2021

ގިނަ ދުވަސްތަކެއް ވަންދެން ކެމެރާއާ ދުރުގައި ހުރުމަށްފަހު ކުރީގެ ކާމިޔާބު ބަތަލާ ސުޝްމިތާ ސެން އެބުރި ބެލުންތެރިންނާއި ހަމައަށް އައީ ވެބް ސީރީޒް އާރްޔާ އިންނެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާއި ދައްކާމި ސީރީޒްގެ ފުރަތަމަ ސީޒަން ނިންމާލުމަށްފަހު ދެވަނަ ސީޒަން މިދިޔަ ހަފްތާ ދައްކަން ވަނީ ފަށާފައެވެ. ސީރީޒްގައި ސުޝްމިތާގެ އެކްޓިންނަށް ގިނަބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

އެގޮތުން ދެވަނަ ސީޒަންގެ ޕޯސްޓަރެއް ފެނުމުން ސުޝްމިތާއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ސަލްމާން ޚާން ވެސް ވަނީ އޭނާއަށް ތައުރީފްކޮށްފައެވެ. ސީރީޒްގެ ބިލަބޯޑެއްގެ ފޮޓޯއަކާއެކު އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޕޯސްޓަރުގައި ސުޝްމިތާގެ ފެނިލުން ވަރަށް ރީތިކަމަށް ބުނެފައެވެ.

އާރްޔާ އަކީ ކްރިމް ތްރިލާއެކެވެ. މިއީ ސަންދީޕް ޝްރިވަސްތަވާ އާއި އަނޫ ސިންގް ލިޔެފައިވާ ވާހަކައަކަށް ރާމް މާދަވަނީ އަދި ސަންދީޕް މޯދީ އުފައްދާ ޑައިރެކްޓްކުރާ ސީރީޒްއެކެވެ.

ޝުސްމިތާގެ އިތުރުން ދެން ސީރީޒްއިން މުހިއްމު ރޯލުތަކުން ފެނިގެންދަނީ ވިރްތީ ވަގާނީ، ޗަންދްރަޗޫރ ސިންގް، ގާރްގީ ސާވަންތް އަދި އަންކުރް ބާޓިޔާއެވެ. މިއީ ބޮޑު ކާސްޓެއް ފެނިގެންދާ ސީރީޒްއެއްކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355