ކަރީނާ ކަޕޫރު އަދީ އޭނާގެ ގާތް އެކުވެރިއެއްކަމަށްވާ އެކްޓްރެސް އަމްރިތާ އަރޯރާ މިދިޔަ ހޯމަ ދުވަހު ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ކަރަންޓީންކޮށްފަ އެވެ. އެކަން ކަރީނާ ވަނީ ސޯޝަލް މީޑިއާގައިވެސް ޔަގީންކޮށްދީފައެވެ.
އޭނާ ޕޮޒިޓިވްވުމާއެކު ބީއެމްސީން ވަނީ ކަރީނާގެ ގެ ބަންދުކޮށްފައެވެ. ބައެއް ހަބަރުތަކުން ރިޕޯޓްކޮށްފައިވަނީ ކަރީނާ ކޮވިޑަށް ޕޮޒިޓިވްވީ އޭނާ ބޭއްވި ޕާޓީއަކަށް ފަހުކަމަށެވެ. ނަމަވެސް އޭނާގެ ސްޕޯކް ޕާސަން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ބޭއްވީ ޕާޓީއެއް ނޫންކަމަށާއި ޕްރައިވެޓް ޑިނާއެއްކަމަށް އޭނާ ބުނެފައި ވެއެވެ.
ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރް އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ކަރީނާ ކޮވިޑަށް ޓެސްޓްކުރީ ހުން އައިސް ގައިގައި ރިއްސާތީކަމަށެވެ. ކަރީނާގެ ހާލު އިތުރަށް ސީރިއަސް ނޫންކަމަށް ރަންދީން ބުނެފައި ވެއެވެ.
ކަރީނާއާއި އަމްރިތާގެ އިތުރުން މަހީޕް ކަޕޫރާއި ސީމާ ޚާންވެސް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.