twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަރްނާޒަށް ތައުރީފްނުކޮށް ޕްރިޔަންކާއަށް ނުހުރެވުނު

މުޙައްމަދު އަހުމަދު
Dec 15, 2021

ހަރްނާޒް ސަންދޫއަށް މިސް ޔުނިވާސްގެ މަގާމު ލިބުމުން ވަރަށް އެކްސައިޓްވެއްޖެ ކަމަށް 2000 ވަނަ އަހަރު މިސް ވޯލްޑް ޓައިޓަލް ހާސިލްކުރި ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

ޕްރިޔަންކާ މިހެން ބުނެފައިވަނީ އޭނާގެ އައު ފިލްމް ދި މެޓްރިކްސް ރިސަރެކްޝަންސްގެ ޕްރޮމޯޝަންގެ ތެރެއިން އޭނާއަށް އަމާޒުވި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ހަރްނާޒް ވަނީ 70 ވަނަ މިސް ޔުނިވާސް ޕޭޖެންޓްގައި އިންޑިއާ ތަމްސީލްކޮށް އެ ޓައިޓަލް 21 އަހަރަށް ފަހު އިންޑިއާއަށް ގެނެސްފަ އެވެ. އެ އެވޯޑް އެންމެފަހުން ހާސިލްކޮށްފައިވަނީ 2000 ވަނަ އަހަރު ލާރާ ދައްތާ އެވެ.

ހަރްނާޒް ހޯދި ކާމިޔާބީއާ ބެހޭގޮތުން ފޮކްސް5އާ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ އޭނާ (ހަރްނާޒް) އަށް އެޓައިޓަލް ލިބުމުން ވަރަށް އެކްސައިޓެޑް ވެއްޖެ ކަމަށެވެ. އަދި އެންމެފަހުން އިންޑިއާއިން މިސް ޔުނިވާސްއެއް ނުކުތީ 2000 ވަނަ އަހަރު ކަމަށާއި އެއީ ލާރާ ދައްތާ ކަމަށެވެ. އަދި އެއަހަރު އޭނާ (ޕްރިޔަންކާ)އަށް މިސް ވޯލްޑްގެ ޓައިޓަލް ލިބުނުކަން ވެސް އޭނާ ފާހަގަކުރި އެވެ.

ހަރްނާޒް މިޓައިޓަލް އެނބުރި ގައުމަށް ގެނެސްފައި މިވަނީ 21 އަހަރަށް ފަހު، އަދި އޭނާ (ހަރްނާޒް)އަށް ވެސް މިހާރު 21 އަހަރު. އެހެންކަމުން ހަރްނާޒް އުފަންވެފައި އެވަނީ އަހަރެން (ޕްރިޔަންކާ) މިސް ވޯލްޑް ކާމިޔާބުކުރި އަހަރު." ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ވަނީ ހަރްނާޒަށް މަރުހަބާ ކިޔާ އިންސްޓަގްރާމް ސްޓޯރީގައި އޭނާއަށް ޝައުޓްއައުޓެއް ވެސް ދީފަ އެވެ. އަދި ހަރްނާޒަށް އެ ޓައިޓަލް ލިބުނު ވަގުތުގެ ވީޑިއޯއެއް ޕްރިޔަންކާ ވަނީ ހިއްސާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355