twitterviber whatsapp telegramfacebookyoutube instagram
9th February 2026

ރާއްޖޭގައި އުފެދޭ ކުނީގެ 60 ޕަސެންޓަށް ދެ އަހަރު ތެރޭ ހައްލެއް ލިބޭނެ

ޚަދީޖާ އާދަމް
Dec 15, 2021

ރާއްޖޭގައި އުފެދޭ ކުނީގެ މައްސަލަތަކުގެ ތެރެއިން 60 ޕަސެންޓަށް ދެ އަހަރު ތެރޭ ހައްލެއް ލިބިގެން ދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ގްރޭޓާ މާލެ ވޭސްޓު ޓު އެނާޖީ ޕްރޮޖެކްޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް ކުނި މެނޭޖް ކުރުމަކީ ހުރަހެއް ކަމަށާއި ދިވެހީންގެ އަސާސީ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ ހުރިހާ އެއްޗަކީ ރާއްޖެއިން ބޭރުން އިމްޕޯޓު ކުރާ ތަކެއްޗަށް ވެފައި ވުމުން ރާއްޖޭގައި ކުނި އުފެދޭ މިންވަރު އަންނަނީ ވަރަށް ބާރު ސްޕީޑުގައި އިތުރުވަމުން ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން 2023 ވަނަ އަހަރު ނިމިގެން ދާއިރު ރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް 60 އިންސައްތަ ކުނީގެ މައްސަލަތަކަށް ހައްލު ލިބިގެން އަންނާނެކަން ޝައުނާ ފާހަގަ ކުރެއްވި އެވެ.

ޝައުނާ އިތުރަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކުނި ނައްތާލުމަށް ގާއިމް ކުރާ ނިޒާމަކީ ވަށާ ޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުފަޅުގެ ރައްކާތެރިކަން ކަށަވަރު ކުރެވި ދެމެހެއްޓެނިވި އުސޫލުން ކުނި މެނޭޖް ކުރެވޭނެ އިންތިޒާމުތައް ހަމަ ޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355