twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކުޅުދުއްފުށީގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ގާއިމުކުރަނީ

- ކޭއާރުއެޗުގައި އިތުރު ތެރަޕިޓިކް ހިދުމަތްތަކެއް ފެށުމަށް ދަނީ މަސައްކަތްކުރަމުން
- އެގޮތުން އޮކިއުޕޭޝަނަލް ތެރަޕީ، ކްލިނިކަލް ސައިކޮލޮޖީ އަދި އޯޑިއޯމެޓްރީ ހިދުމަތް ހިމެނޭ

އަބްދުލް ވާހިދު ޙަސަން
Dec 15, 2021

މި ސަރަހައްދަށް އަމާޒުކޮށްގެން ކުޅުދުއްފުށި ސިޓީގައި ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ ހާމަކުރައްވައިފި އެވެ.

ޝާމިލުކުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމަށް ސަރަހައްދީ ފެންވަރުގައި މިއަދު ކުޅުދުއްފުށީގައި ފެށި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވިގޮތުގައި، ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކޭއާރުއެޗަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިމާރާތުގެ ދަތިކަމާއި ވަސީލަތްތައް އަދި އިންސާނީ ވަސީލަތް އެކަށީގެންވާ ގޮތުގައި ނުލިބުމުގެ ދަތިކަން ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެން މިކަންބޮޑުވުން ސަރުކާރާ ހިސާބަށް ގެންގޮސްފައިވާނީ." ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިސަރަހައްދަށް އަމާޒުކޮށްގެން ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމުކޮށްދެއްވާނެކަމުގެ އުފާވެރި ހަބަރު ނައިބު ރައީސް ފައިސަލް ނަސީމް ދެއްވާފައިވާ ކަމަށެވެ.

މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތެރަޕިޓިކް ހިދުމަތްތައް ތައާރަފުކުރަމުންދާ ކަމަށާއި އެގޮތުން ކޭއާރުއެޗުގައި ސްޕީޗް ތެރަޕިސްޓުންގެ ގޮތުގައި ދެ ބޭފުޅަކު މަސައްކަތްކުރައްވަމުންގެންދަވާކަން ޑޭވިޑް ފާހަގަކުރެއްވި އެވެ.

އަދި ކުރިއަށްއޮތްތަނުގައި މަސައްކަތްކުރަމުން ދަނީ އޮކިއުޕޭޝަނަލް ތެރަޕީ އާއި ކްލިނިކަލް ސައިކޮލޮޖީ އަދި އޯޑިއޯމެޓްރީ ފަދަ ހިދުމަތްތައް ކޭއާރުއެޗުގައި ތައާރަފުކުރުމަށްކަމަށް އޭނާ ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށްޓަކާ މިސަރަހައްދަށް އަމާޒުކޮށްގެން އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި ކްލިނިކަލް ސައިކޮލޮޖީގެ ދާއިރާއިން ސްކޮލަޝިޕްތަކެއްވެސް ފޯރުކޮށްދެއްވާފައިވާ ކަމަށާއި އެކަމަކު އެކަމުގައިވެސް އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައިނުވުމަކީ ހިތާމައެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި އެންރޯލްވުމަށްފަހު ވެސް ފުރުސަތުތައް ދޫކޮށްލާކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކާ ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުންމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355