twitterviber whatsapp telegramfacebookyoutube instagram
14th May 2025
ADVERTISEMENT
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--

މި އަހަރު ލޯނު ދައްކަން ކުރި ހަރަދު ބިލިއަނަކަށްވުރެ މަތި

Dec 16, 2021

މި އަހަރު ލޯނު ދައްކަން ހޭދަކުރި އަދަދު އެއް ބިލިއަން ރުފިޔާ ފަހަނަ އަޅާފައިވަކަމަށް ފިނޭންސް މިނިސްޓްރީން ނެރޭ ދައުލަތުގެ ހަފުތާގެ މާލީ ރިޕޯޓް ދައްކައިފި އެވެ.

މާލީ ރިޕޯޓް ދައްކާ ގޮތުން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ލޯނު ދައްކަން ހޭދަކުރި އަދަދު ވަނީ 1,015.5 އަށް އަރާފަ އެވެ. ދައުލަތުން މިިދިޔަ އަހަރު ލޯނު ދައްކަން ހޭދަކޮށްފައިވަނީ 852.6 މިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ލޯނު ދައްކަން ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ދަރަނި ހުންނާނެ ކަމަށް މިހާރު އަންދާޒާކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާ އެވެ. އަދި މި ހަރަދު ފޫބައްދަން އަންނަ އަހަރުގެ ބަޖެޓް ފައިނޭންސް ކުރަން 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ.

އޭގެތެރޭގައި ހިމެނެނީ ދަރަނީގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާ އާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ހޯދަން ޖެހޭ ފައިނޭންސްގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ މީހުންގެ އަތުން ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި އެތެރޭގެ މީހުންގެ އަތުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓްގައި ވަނީ ކަނޑައަޅާފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com