twitterviber whatsapp telegramfacebookyoutube instagram
16th October 2026

ރަޖިސްޓްރީ ނުކޮށްހުރި ގޯތިތައް ރަޖިސްޓްރީ ކުރުމަށް 4 މަހުގެ މުހުލަތެއް ދީފި

ނަބީލާ އިސްމާޢީލް
Dec 16, 2021
1

ކުޅުދުއްފުށީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން ރަޖިސްޓްރި ހައްދާފައިނުވާ ގޯތިތަކުގެ ރަޖިސްޓްރީ 4 މަސްތެރޭގައި ހެއްދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އަންގައިފި އެވެ.

އެކައުންސިލުން ބުނީ ކުޅުދުއްފުށި ސިޓީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓަރީ ހައްދާފައިނުވާކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ބިމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2002) ގެ ދަށުން ހަދާފައިވާ "ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަ ގޯތީގައި ހަދާ އިމާރާތް ރަޖިސްޓަރީ ކުރުމާބެހޭ ޤަވާއިދު"ގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން ދިރިއުޅުމަށް ގޯތިދޫކުރާތާ 1 އަހަރު ދުވަހު ތެރޭގައި މި ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ކަންކަން ފުރިހަމަކޮށް ގޯތި ރަޖިސްޓަރީ ކުރަން ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ރަޖިސްޓަރީ ނުކޮށްހުރި ގޯތިތައް ރަޖިސްޓަރީ ހެއްދުމަށް މިއަދުން ފެށިގެން 4 މަސް ތެރޭގައި އެ އިދާރާއަށް ހުށަހެޅުމަށް ގޯތި ދޫކޮށްފައިވާ ފަރާތްތަކަށް ވަނީ ކައުންސިލުން އަންގާފަ އެވެ.

އަދި މި އެންގުމާ އެއްގޮތަށް އަމަލުކުރަމުންނުދާ ފަރާތްތަކާއި މެދު ހެދިފައިވާ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރަމުންދާނެ ކަމަށްވެސް އެ އިދާރާއިންވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293