twitterviber whatsapp telegramfacebookyoutube instagram
7th April 2026

ޝާހުރުކްގެ ފިލްމެއް ރިލީޒް ނުވާތާ 3 އަހަރު

ޚަދީޖާ އާދަމް
Dec 18, 2021

ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝާހުރުކް ޚާންގެ ފިލްމެއް ރިލީޒް ނުވާތާ މިހާރު 3 އަހަރުވެފައިވާއުރު އޭނާ މިހާރު މަސައްކަތް ކުރަމުން ގެންދާ ފިލްމުތައް ވެސް ބެލުންތެރިންނާއި ހަމައަށް އަންނާނެ އިރެއްއަދި ނޭނގެ އެވެ.

ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ 2018 ވަނަ އަހަރު ނެރުނު އިމްތިޔާޒްގެ ޖަބް ހެރީ މެޓް ސޭޖަލް އާއި ޒީރޯއިންނެވެ. މި ފިލްމުވެސް ވީ ފްލޮޕަކަށެވެ. އެއާއެކު އޭނާ ފިލްމުތަކުން ބްރޭކެއް ނަގަން ނިންމިއެވެ.

ނަމަވެސް އޭގެ ފަހުން ކޮވިޑާއި ގުޅިގެން ފިލްމުތަކުގެ މަސައްކަތް ހުއްޓުމަށްފަހުން އަލުން މަސައްކަތް ފެށުނުތަނާހެން އޭނާގެ ދޮށީ ދަރިފުޅު އާރިޔަން ޚާން ޑްރަގް މައްސަލާގައި ހައްޔަރުކުރުމުން އަނެއްކާވެސް މަސައްކަތް ކުރަމުން ގެންދިޔަ ފިލްމުތަކުން ބްރޭކެއް ނެގިއެވެ. އެއަށްފަހު އަދި މަސައްކަތްތައް ފަށާފައެއް ނުވެއެވެ. އަދި އެ މައްސަލައާއި ގުޅިހެން އެ އާއިލާ އުޅެނީ ވީހާވެސް ކެމެރާކުރި މައްޗަށް ނާރަވާނެހެންނެވެ.

ޝާހު މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ ދެ ފިލްމެއްގައެވެ. އެގޮތުން އެތަނުން އެންމެ އަވަހަށް ރިލީޒްވާނެ ކަމަށް ބެލެވެނީ ސިދާރްތް އާނަންދް ޑައިރެކްޓްކޮށް ގެނެސްދޭ ޕަތާންއެވެ. މި ފިލްމުގައި ދެން ހަރަކާތްތެރިވަނީ ޖޯން އަބްރަހަމް އަދި ދިޕިކާ ފަޑުކޯންއެވެ. އަދި މަސައްކަތް ކުރަމުންގެންދާ އަނެއް ފިލްމުގެ ނަން މިހާތަނަށް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355