twitterviber whatsapp telegramfacebookyoutube instagram
18th July 2025

ޝެއިހް ހަސީނާ ތަގުރީރު ކުރެއްވުމާ މެދު ގޮތެއް ނިންމަން މާދަމާ އިތުރު ޖަލްސާއެއް

ޚަދީޖާ އާދަމް
Dec 19, 2021

ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހަވަނަ ޖަލްސާ ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ. މާދަމާގެ ޖަލްސާގައި ދެ ކަމެއް ނިންމާނެއެވެ. މާދަމާ ޖަލްސާ އޮންނާނީ ހެނދުނު 11:00 ގައެވެ.

އެގޮތުން ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މަޖިލީހަށް ވަޑައިގެންދެއްވުމަށް ދައުވަތު އެރުވުމުގެ މައްސަލައަށް މާދަމާ ގޮތެއް ނިންމާނެއެވެ. ދެވަނަ ކަމަކަށް އެޖެންޑާ ކޮށްފައި ވަނީ ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމުގައި ވޯޓަށް އެހުމެވެ.

މިމަހުގެ 16 ވަނަ ދުވަހު ވެސް ވަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެވެ. އެޖަލްސާގައި ކުރިއަށް ދިޔައީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 4 މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ފޮނުވާފައިވާތީ އެކަން މަޖިލީހަށް ބަލައިގަނެ އެނިންމުން ދިރާސާ ކުރުމަށް އަލުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355