twitterviber whatsapp telegramfacebookyoutube instagram
8th May 2024

ނޮޅިވަރަމް ބަނދަރުމަތީގައި ހުންނަ ގާޑިޔާ އަނދައި ހުލިވެއްޖެ

ނަބީލާ އިސްމާޢީލް
Dec 20, 2021

ހދ. ނޮޅިވަރަމް ބަނދަރުމަތީގައި ހުންނަ ނަމަ ގާޑިޔާގައި އަލިފާންރޯވެ، އަނދާ ހުލިވެއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގަ އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެހާދިސާގެ ހަބަރު ލިބިފައިވަނީ ފަތިހު 4:30 ހާއިރު ކަމަށެވެ. އެއިރުވެސް ދެތިން މީހަކު އޭނާގެ ފޯނަށް ގުޅާފައިވާކަމަށެވެ. 05:30 ވާންވާއިރަށް އަލިފާން ނިއްވާލެވިއްޖެ ކަމަށް ޔޫސުފް ވިދާޅުވި އެވެ.

ރަށުގެ ބަނދަރުމަތީގައި ކޮފީ، ހެދިކާ، އައިސްކްރީމްފަދަ ތަކެތި ވިއްކުމަށް ކައުންސިލުން ދޫކޮށްފައިވާ މި ބިމުގައި ހުންނަ މި ތަނަށް އެ ރަށު މީހުން ކިޔަނީ "ގާޑިޔާ" އެވެ.

ޔޫސުފް ވިދާޅުވީ މިތަނުގައި ހުންނަ އެއްވެސްވަރަކަށް ކައްކައިގެން އެއްޗެހި ބޭނުން ނުކުރާނެ ކަމަށާއި ނަމަވެސް ޑީފުރިޖް، ފެންހޫނުކުރާ ބޮއިލަރ ފަދައެއްޗެހި ހުންނާނެ ކަމަށާއި ނަމަވެސް އެހުރިހާ އެއްޗެއްވެސްވަނީ ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައި ކަމަށެވެ. ތަނުގައި ބޭނުންކުރާ ކަރަންޓް ސާމާނުގެ އިތުރުން އާންމު ރައްޔިތުން ބަނދަރުގައި މަސައްކަތް ކުރަން ބޭނުންކުރުމަށްފަހު ގެއަށް ގެންދިއުމުގެ ބަދަލުގައި އެތަނުގައި ރައްކާކޮށްފަ ހުރި ރޮންދާ، ބުރުމާ، ގުރޭންޑާރ ފަދަ އަގުބޮޑެތި މުދާތައްވެސް ވަނީ އަނދާ ހުލިވެފައިކަމަށެވެ.

ހަތަރުފޫޓަށް ރާނާފައި ސިމެންތި ފިލައިން ބިއްބައްދާފައިވާ މި ތަނުގައި އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު ނޭގުނު ނަމަވެސް ކަރަންޓް ސޯޓަކުން އަލިފާނުގެ ހާދިސާއެއް ދިމާވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް ރައީސް ވިދާޅުވި އެވެ. އެއްވެސްމީހަކާއި ދެކޮޅުވެރިކަމެއް ނޯނާނެ ކަމަށާއި ބަޔަކު ގެއްލުމެއްދޭން ޖެހޭ ސަބަބެއް ނޯނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355