twitterviber whatsapp telegramfacebookyoutube instagram
26th July 2026

ދުވަސްތަކަކަށް ފަހު ޝިލްޕާ އާންމުގެ ތެރެއަށް

Dec 21, 2021

ގިނަ ދުވަސްތަކަކަށް ފަހު ޝިލްޕާ ޝެޓީ އާންމުގެ ތެރެއަށް ނުކުމެއްޖެ އެވެ. ވިޔާނުދާ ފިލްމު އުފެއްދި މައްސަލައެއްގައި ފިރިމީހާ ރާޖް ކުންދުރާ ޕޮލިހުން ހައްޔަރުކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެ ޝިލްޕާ އުޅުނީ ކެމެރާތަކާއި ފިލައިގެންނެވެ.

ނަމަވެސް ދާދިފަހުން ޖެއިޕޫރްގައި އޮތް ކައިވެނި ހަފްލާއަކުން ޝިލްޕާ މިވަނީ ފެނިގެން ގޮސްފައެވެ. އޮންޑިޔާގެ ބީޖޭޕީގެ ސްޕޯކްޕާސަން ޝައިނާވަނީ އެ ހަފްލާގެ ތެރެއިން ޝިލްޕާއެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެތަނުން އެއް ފޮޓޯގައި ސަލްމާން ޚާންވެސް ފެންނަން ހުއްޓެވެ. ނަމަވެސް ޝިލްޕާއެކު ފިރިމީހާ ރާޖް އެއްވެސް ފޮޓޯއެއްގައި ނެތްކަން ފާހަގަކޮށްލެވެއެވެ.

ރާޖް މައްސަލާގައި ޝިލްޕާއަށް ގިނަ މާލީ ދަތިކެއްވެސް ކުރިމަތިވެފައިވާއިރު އެ މައްސަލަގަނޑު ފެންމަތިވީ ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދުނިޔެއާއި ދުރުގައި ހުރުމަށްފަހު އެނބުރި ބޮލީވުޑަށް އައުމަށް ޝިލްޕާ ކުޅުނު ފިލްމު ހަންގާމާ 2 އަޅުވަން ތައްޔާރުވަމުން ދަނިކޮށެވެ. އެ މައްސަލައާއި ގުޅިގެން ފިލްމު ވެގެން ދިޔައީ ވަރަށް ބޮޑު ފްލޮޕަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355