twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕެނަމާ ޕޭޕަރުތަކުގެ މައްސަލާގައި އައިޝްވާރިޔާއާއި ސުވާލުކޮށްފި

Dec 21, 2021

2016 ވަނަ އަހަރު ލީކުވި ޕެނަމާ ޕޭޕަރުތަކުގެ މައްސަލައިގެ އަޑު އަނެއްކާވެސް ގަދަ ވެފައިވާއިރު އިއްޔެ މިވަނީ މި މައްސަލާގައި ސުވާލުކުރުމަށް ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއި ބައްޗަން އެންފޯސްމެންޓް ޑިރެކްޓޮރޭޓަށް (އީޑީ)އަށް ހާޒިރުކޮށްފައެވެ.

2016 ވަނަ އަހަރު އޭޕްރިލް 3 ވަނަ ދުވަހު މި ޕޭޕަރުތައް ލީކުވުމާއެކު އެ ލިސްޓުގައި ހިމެނޭ މީހުންގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. ޕަނުމާ ޕޭޕަރަކީ 214،488 އޮފްޝޯރ އެންޓިޓީސްތަކެއް ހިމެނޭ ޕޭޕަރުތަކެވެ. މި ޕޭޕަރުތައް ލީކުވުމާއެކު ލިސްޓުގައި ހިމެނޭ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމުތަކެއް ވަނީ ކުރެވިފައެވެ.

އެގޮތުން އައިޝްވާރިޔާއަށްވެސް ސުވާލުކޮށްފައިވަނީ 2004 ވަނަ އަހަރު އިންޑިޔާގެ ރިޒާވް ބޭންކުން ކޮށްފައިވާ ޓްރާންސެކްޝަން ތަކަކާއި ބެހޭގޮތުންކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. އެ ޓްރާންސެކްޝަންތައް ކޮށްފައިވަނީ އެ ބޭންކުގެ ލިބަރަލިސްޑް ރެމިޓެންސް ސްކީމްގެ ދަށުންނެވެ. ހަބަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޓްރާންސެކްޝަންތަކަކީ އިލީގަލް ޓްރާންސެކްޝަންތަކެކެވެ.

މީގެ އިތުރުން ޕޭޕަރުތައް ލީކުވުމަށްފަހުން އައިޝްވާރިޔާ ގައުމުން ބޭރަށްކުރި ދަތުރުތަކުގެ ތަފްސީލްވެސް އީޑީވަނީ ދޭން އެދިފައެވެ. ހާއްސަކޮށް އާއިލާ މެންބަރުންނާއެކު ބްރިޓިސް ވާރޖިން އައިލެންޑް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑާ ބައްދަލުކުރި މައްސަލައަކާއި، 2005 ވަނަ އަހަރު ދުބާއީގެ އެމިކް ޕާޓްނާސް ލިމިޓެޑް ކުންފުންޏާއެކު ބޭއްވި ބައްދަލުވުމާއި ބެހޭ ގޮތުންވެސް ސުވާލުކޮށްފައިވާކަމަށް ހަބަރުތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޕަނުމާ ޕޭޕަރުގައި އިންޑިޔާގެ ގިނަ މުއްސަނދިންގެ ނަންތައް ހިމެނިފައިވެއެވެ. މި ލިސްޓުގައި ބޮލީވުޑްގެ ތަރިންވެސް ހިމެނެއެވެ. އެގޮތުން އަމީތާބު ބައްޗަން އަދި އަޖޭ ދޭވްގަންވެސް ހިމެނެއެވެ. މި ޕޭޕަރުގައި ހިމެނޭ އޮފްޝޯރ އެންޓިޓީސްތަކުގައި އިންޑިޔާގެ އިތުރުން އެހެން ގިނަ ގައުމުތަކަކުން ކޮށްފައިވާ އެންޓިޓީސްތައް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355