twitterviber whatsapp telegramfacebookyoutube instagram
26th September 2026

ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 22،473 އަރައިފި

ޚަދީޖާ އާދަމް
Dec 21, 2021

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 22،473 އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ( އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.

މިވަގުތު ބޫސްޓަރ ޑޯޒް ދެމުން ގެންދަނީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ވެކްސިންގެ ބޮޑު ކެންޕެއިން ފެށުމަށް ތައްޔާރީތައް ވަމުންދާ ކަމަށް އެޗްއީއޯސީން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުން ލަސްވަނީ ސިރިންޖު ލިބުމުގައި ދިމާވެފައިވާ ދަތިކަމުގެ ސަބަބުންކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293