twitterviber whatsapp telegramfacebookyoutube instagram
1st August 2026

ސިވިލް ކޯޓަށް ހާޒިރުކުރަން މެންބަރު ޖާބިރު ހައްޔަރުކޮށްފި

Dec 22, 2021

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފިއެވެ. ޖާބިރު ހައްޔަރުކޮށްފައިވަނީ މިއަދު ސިވިލް ކޯޓުގައި އޮތް އަޑުއެހުމަށް އޭނާ ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގަން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމު ކުރެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުން ޖާބިރު ހައްޔަރު ކުރީ ގއ.އަތޮޅުގެ ފަޅުރަށެއްގައި ހުންނަވަނިކޮށެވެ. ޖާބިރު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔައީ، ގދ.ތިނަދޫއަށެވެ.

ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރަނީ ޖާބިރުގެ ކުންފުނި، ޔޮޓް ޓްއާސްއާއި ދެކޮޅަށް ސިޓީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މައްސަލައެއްގައި މިހާތަނަށް ހައްޔަރުކުރި ފުރަތަމަ މެމްބަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355