twitterviber whatsapp telegramfacebookyoutube instagram
1st December 2025

ކޮވިޑް ގުޅަ ބޭހަށް އެމެރިކާ އެފްޑީއޭގެ ވަގުތީ ހުއްދައެއް

މުޙައްމަދު އަހުމަދު
Dec 23, 2021

ފައިޒާގެ ކޮވިޑް ބޭސް ގުޅަ ޕެކްސްލޮވިޑް 12 އަހަރުން މަތީ މީހުންނަށް ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަގުތީ ހުއްދައެއް ދީފި އެވެ.

ޕެކްސްލޮވިޑަކީ ކޮވިޑަށް ފަރުވާ ކުރުމަށް ބޭސް އުފައްދާ ކުންފުންނަކުން މިހާތަނަށް އަޖުމަބަލަން ހުއްދަ ދިން ފުރަތަމަ ބޭސް ގުޅައަށްވާއިރު އެ ބޭސް ގުޅައާ ބެހޭގޮތުން އެ ކުންފުނީގެ ސިއީއޯ، އަލްބާޓް ބޫލާ ވިދާޅުވި ގޮތުން ޕެކްސްލޮވިޑަކީ ކޮވިޑްގެ އާ ވައްތަރުތައް ބަލިކަށިކޮށް ހަށިގަނޑު ދިފާއީ ނިޒާމު ދުޅަހޮޔޮ ކުރަން ބާރު އަޅާ ބޭހެއް ކަމަށެވެ.

ކޮވިޑ ގުޅަބޭހަށް އެމެރިކާގައި ހުއްދަ ދިންއިރު އޮމިކްރޮންގެ ބިރު ވެސް އެމެރިކާއަށް އޮތީ ބޮޑުވެފަ އެވެ. ކޮވިޑްގެ އާ ވޭރިއަންޓްތަކުގެ ބިރު ދުނިޔޭގެ ގިނަ ގައުމުތަކަކަށް އެބައޮތެވެ. ރާއްޖެއިން ވެސް ވަނީ ދާދިފަހުން އޮމިކްރޯން ވޭރިއަންޓްގެ 4 ކޭސް ފެނިފައިވެ އެވެ.

ކޮވިޑް ގުޅަބޭސް ކާން ޖެހޭ ގޮތަކީ ފަސްދުވަސް ވަންދެން ދުވާލަކު ދެއިރު އެވެ. ކޮންމެ އިރަކު ތިންގުޅަ އެވެ. މިއީ ދެބޭހެއްގެ މައްޗަށް އުފައްދާފައިވާ ފަރުވާއެކެވެ. ފަސްދުވަހުގެ ޑޯޒެއް 30 ގުޅައިގެ ފަރުވާއެއް ހަމަވާއިރު އެއީ 530 ޑޮލަރެވެ.

ދުނިޔޭގެ އެކި ގައުމުތަކަށް ކޮވިޑް ވޭރިއަންޓްތަކުގެ ބިރު ބޮޑުވަމުންދާ މިދަނޑިވަޅުގައި ހުރިހާ އެންމެންވެސް ސަލާމަތީ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355