twitterviber whatsapp telegramfacebookyoutube instagram
18th May 2024

ބަންގްލަދޭޝްއިން އޮންއެރައިވަލް ވިސާ ދިވެހިންނަށް ދެނީ

ނަބީލާ އިސްމާޢީލް
Dec 23, 2021

ބަންގްލަދޭޝްއިން ދިވެހިންނަށް އަނެއްކާވެސް އޮން އެރައިވަލް ވިސާ ދޭން ނިންމައިފައިވާކަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިއަދު އިއުލާންކުރައްވައިފިއެވެ.

މި ނިންމުން އިއުލާންކުރީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހާ މިއަދު އެކަމަނާ ބައްދަލުކުރެއްވުމަށްފަހު ދެއްވެވި ގުޅިފައިވާ ބަޔާނުގަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށާއި ބަންގްލަދޭޝްގައި ކިޔަވާ ދިވެހިން ދަރިވަރުންނަށް ދިގު މުއްދަތަކަށް ވިސާ ދިނުމަށް އެދިވަޑައިގެންފައެވެ.

ޝައިޚް ޙަސީނާ ވިދާޅުވީ ބަލިމަޑުކަމުގެ ހާލަތު މިހާރު ރަނގަޅުވެފައި ވުމުން، ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ބަންގްލަދޭޝްގެ ސަރުކާރުން ނިންމައިފަވާކަން އުފަލާއެކު ފާހަގަ ކުރައްވާކަމުގަ އެވެ.

ބަންގްލަދޭޝްއިން ބަންގްލަދޭޝް އިން ދިވެހީންނަށް ދެމުން އައި އޮން އެރައިވަލް ވިސާ މެދުކަނޑާލީ ކޮވިޑާ ގުޅިގެންނެވެ. އެގޮތުން އެގައުމުން އޮން އެރައިވަލް ވިސާގެ ހިދުމަތް ދޭ ހުރިހާ ގައުމަކަށްވެސް އެ ހިދުމަތް ދިނުން އެއިރު ހުއްޓާލިއެވެ.

ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ކަމަނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ދަތުރުތަކެއް ކުރުމަށް ޝިޕިން ލައިންއެއް ގާއިމުކުރުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މިއަދު މަޝްވަރާކުރެއްވި އެވެ.

ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އެދުނު އެދުމާ އެއްގޮތަށް އެހީތެރިވާން ނިންމީ ނުހަނު އުފަލާއެކު ކަމަށާއި އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ސްޕެޝަލިސްޓުން ތަމްރީންކުރުމަށް ހާއްސަ ޕޯސްޓް ގެރެޖުއޭޓް ކޯސްތަކެއް ފަރުމާކުރައްވާނެ ކަމުގެ ޔަގީންކަން ޝައިހް ހަސީނާ މިއަދު ދެއްވެވި އެވެ.

ރާއްޖެއާއި ބަންގަލްދޭޝްއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ގާއިމްކުރެވިފައިވީ ނަމަވެސް އެންމެ ފުރިހަަމަށް އޭގެ ފައިދާ ނުނެގޭކަން ޝައިހް ހަސީނާ ފާހަގަކުރެއްވި އެވެ..

އެ އެއްބަސްވުންތަކުގެ އިތުރުން، ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދިނުންވެސް އެ ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355