twitterviber whatsapp telegramfacebookyoutube instagram
17th December 2025

ޓެސްޓު ޕޭޕަރެއްގައި ތައިމޫރްއާއި ބެހޭގޮތުން އޮތް ސުވާލެއް ބޮޑު މައްސަލައަކަށް

Dec 25, 2021

އިންޑިޔާގެ ކާންޑްވާގެ މަދިޔަ ޕްރަދޭޝްގައި ހުންނަ އެކެެޑެމިކް ހައިޓްސް ޕަބްލިކް ސްކޫލްގެ ގްރޭޑް 6 ގެ ޓެސްޓް ޕޭޕަރެއްގައި އޮތް ސުވާލެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ޓެސްޓް ޕޭޕަރެއްގައި ފިލްމީ ތަރި ކަރީނާ ކަޕޫރް ޙާންއާއި ސައިފް އަލީ ޙާންގެ ދަރިފުޅަށް ކިޔާނަން ލިޔުމަށް ސުވާލުކޮށްވާ ތަނެވެ. އެ ސުވާލު ހިމަނާފައިވަނީ އާންމު މައުލޫމާތުގެ ޓެސްޓް ޕޭޕަރެއްގެ ކަރަންޓް އެޕެއާޒްގެ ސެކްޝަނެއްގައެވެ.

މި މައްސަލައާއި ގުޅިގެން ބެލެނިވެރިންނާއި އެ ސްކޫލްގެ ޕޭރެންޓް ބޮޑީން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ސަބަބަކަށް އެމީހުން ބުނީ އެފަދަ ސުވާލަކަށްވުރެ ދަރިވަރުންނަށް މާ މުހިއްމު ސުވާލު ޕޭޕަރުގައި ހިމެނުނީސް ކަމަށެވެ. އެގޮތުން ގައުމުގެ ވެރިންނާއި ބަތަލުންނާއި ބެހޭގޮތުން ސުވާލުކުރެވޭނެ ކަމަށް ބެލެނިވެރިން ބުނެފައި ވެއެވެ.

އެ ސްކޫލްގެ ޕޭރެންޓް ބޮޑީގެ ފަރާތުން އިންޑިޔާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެންމެނަށް އެ ދެތަރިންގެ ދަރިފުޅަށް ކިޔަނީ ތައިމޫރްކަން އެނގޭކަމަށެވެ. އަދި އެއީ އިންޑިޔާގައި ވެރިކަން ކުރި ނުފޫޒުގަދަ ވެރިއެއްކަމަށްވާ ތައިމޫރް ލެންގްގެ ނަމާއު ގުޅުވައިގެން ދީފައިވާ ނަމެއްކަންވެސް އެންމެނަށް އެނގޭކަމަށެވެ.

މިކަމާއި ގުޅިގެން އެ ސްކޫލުން މިހާތަނަށް އެއްޗެއް ބުނެފައިވާނުވާއިރު އެ ސްޓޭޓްގެ އެޑިއުކޭޝަން އޮފިޝަލްވަނީ ސްކޫލަށް ފިޔަވަޅު އަޅަން ނިންމާފައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355