twitterviber whatsapp telegramfacebookyoutube instagram
7th April 2026

ރަންވީރުގެ "83" އަށް ފުރަތަމަ ދުވަހު 14 ކަރޯޑް

ޚަދީޖާ އާދަމް
Dec 25, 2021

ރަންވީރު ސިންގްގެ ފިލްމު "83" އަށް ފުރަތަމަ ދުވަހު 14 ކަރޯޑް ރުފީސް ލިބިއްޖެ އެވެ.

މި ފިލްމަށް ފުރަތަމަ ދުވަހުވެސް މި ވަރު ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. ކަބީރު ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ކުރިއަށްއޮތް ބަންދުގައި ބޮޑު ތަރުހީބެއް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

1983 ވަނަ އަހަރު އިންޑިޔާގެ ކުރިކެޓް ވޯލްޑް ކަޕްގެ ކާމިޔާބީގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގައި ރަންވީރު އަދާ ކުރަނީ ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވްގެ ރޯލެވެ.

މި ފިލްމަށް އެންމެ ފަހުން އެޅުވި އަކްޝޭގެ ސޫރިއަވަންޝީގެ ކާމިޔާބު މުގުރާ ނުލެވުނަސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދާނެކަމަށް ބެލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355