twitterviber whatsapp telegramfacebookyoutube instagram
18th April 2025

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

މުޙައްމަދު އަހުމަދު
Dec 25, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިންނަވައިފި އެވެ.

ނަޝީދު މިއަދު ހެނދުނުގެ ވަގުތެއްގައި ފުރާވަޑައިންނަވާފައިކަމަށް މަޖިލީހުން ހާމަކުރި ނަމަވެސް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ސަބަބެއް މަޖިލީހުން ހާމަކޮށްފައެއް ނުވެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މެންބަރުންނަށް ވަނީ ޗުއްޓީ ދީފައިވީ ނަމަވެސް ދައުރުން ބޭރުން ވަނީ ދެ ޖަލްސާއެއް ބާއްވާފަ އެވެ.

އެއީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ޖަލްސާއަކާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ޓަކައި ބޭއްވި ޖަލްސާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355