twitterviber whatsapp telegramfacebookyoutube instagram
29th August 2026

އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅައިފި

މުޙައްމަދު އަހުމަދު
Dec 26, 2021

ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ. މި ތިން ރަށުގެ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. އިންޖީނުގެ ހުންނަނީ ކަލައިދޫގައެވެ.

ފެނަކައިން ހާމަކުރާ ގޮތުގައި މި އިންޖީނުގެއިން 1.2 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ އެވެ. ތިން ރަށަށް ކަރަންޓު ފޯރުކޮށްދޭ މި އިންޖީނުގޭގައި ބެޓެރީ ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ޓެކްނިކަލް އޮފީހަށް ހާއްސަ ބައެއް ވެސް ހިމެނޭ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ލ އަތޮޅުގެ ކަރަންޓުގެ ހިދުމަތް އެއް ވިއުގައަކުން ގުޅާ ލުމުގެ މަސައްކަތް މިދިޔަ އަހަރު ފެނަކައިން ވަނީ ފަށާފަ އެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެކުންފުނިން ހާމަކުރެ އެވެ.

އެ ޕްރޮޖެކްޓު ނިމޭއިރު މުޅި އަތޮޅަށް 4.5 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް ފެނަކައިން ބުނާއިރު އެކަމަށް ލ. ގަމުގައިވެސް ކަރަންޓްގެ ހިދުމަތްދޭން ބޮޑު އިންޖީނުގެއެއް އަޅަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355