twitterviber whatsapp telegramfacebookyoutube instagram
9th November 2025

އުސޫލާ ހިލާފުވި ބިޑް ކޮމިޓީތަކެއް ސަސްޕެންޑްކޮށްފި

ނަބީލާ އިސްމާޢީލް
Dec 26, 2021

އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އައިޖީއެމްއެޗާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު އަތޮޅުތަކުގެ ގިނަ އަދަދެއްގެ ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި ކައުންސިލްތައް ވެސް ހިމެނެ ގޮތަށް ގިނަ އަދަދެއްގެ އެތައްތަނެއް ބިޑް ކޮމިޓީތައް ސަސްޕެންޑްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވަނީ ބަޖެޓް ތަންފީޒު ކުރުމާ ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވާލުމަށް ގާއިމްކޮށްފައިވާ "ބަނޑޭރި ޕޯޓަލް" ގައި ރަޖިސްޓްރީ ނުކޮށް އޮތުމުގެ ސަބަބުން 298 އޮފީހެއްގެ ބިޑް ކޮމިޓީ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދެވޭނީ އެ އޮފީހެއްގެ ބިޑް ކޮމިޓީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާނަމަ އެވެ.

ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީ ނުކޮށް އެއްވެސް އޮފީހަކަށް ބިޑެއް ހަވާލުނުކުރެވޭ ގޮތަށް ހެދީ ވެންޓިލޭޓަރުތަކުގެ ހިޔާނާތާއި ގުޅިގެން ސިޔާސީ އެއްވެސް ބޭފުޅަކު ބިޑް ކޮމިޓީގައި ނުތިބޭ ގޮތަށް އުސޫލު ބަދަލުކުރުމަށްފަހު އެވެ. އަދި އޭގެ ފަހުން ބިޑުތަކުގެ މައުލޫމަތުތައް ޕޯޓަލްއަށް އެޅުމުން ބިޑު ކޮމިޓީތަކުގައި ސިޔާސީ އެއްވެސް ބޭފުޅަކު ހިމެނޭތޯ ފިނޭންސް މިނިސްޓްރީން ދިޔައީ ބަލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355