twitterviber whatsapp telegramfacebookyoutube instagram
16th April 2026

ރަޝިއާގެ ނޯޑްވިންޑް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

ނަބީލާ އިސްމާޢީލް
Dec 27, 2021

ރަޝިއާގެ ނޯރޑްވިންޑް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެވެ.

މިއީ ރަޝިއާއިން ސީދާ ރާއްޖެއަށް ދަތުރުކުރާ އެއާލައިނެކެވެ. މި އެއާލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ނޯޑްވިޑް އެއާލައިންގެ ފްލައިޓް ރާއްޖެ އައުމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ އެ އެއާލައިނަށް މަރުހަބާ ކިޔާފަ އެވެ.

ރަޝިއާ އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ލިސްޓުގައި ރަޝިއާ އޮތީ ދެވަނައިގަ އެވެ. މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރަޝިއާ އިން 204،813 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ރަޝިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމާ ގުޅިގެން ރަޝިއާގެ އެއާލައިނެއް ކަމަށްވާ އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަރުތައް ވެސް އޮކްޓޫބަރު މަހުގެތެރޭގައި ވަނީ އިތުރު ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355