twitterviber whatsapp telegramfacebookyoutube instagram
3rd August 2026

އަތުރަންގީ ރޭ ބަލާފައި މަންމައާއި ބައްޕައަށް ރޮވުނު: ސާރާ

ޚަދީޖާ އާދަމް
Dec 28, 2021

ބޮލީވުޑްގައި އަހަރަމުން އަންނަ ހުނަރުވެރި ތަރި ސާރާ އަލީ ޚާން އެންމެ ފަހުން ފެނުނީ މިމަހު 24 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ރިލީޒް ކުރި އަތުރަންގީ ރޭ އިންނެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމުގައި ސާރާއެކު ދެން ފެނިގެންދިޔައީ ޓަމިލް ފިލްމު އިންޑަސްޓްރީގައި އެންމެ ނަން ހިނގާ އެއް ތަރިކަމަށްވާ ދަނުޝްގެ އިތުރުން އަކްޝޭ ކުމާރެވެ.

ތިނެސްކަން ލޯބީގެ ފިލްމެއްގެ ގޮތުގައި ގެނެސްދިން މި ފިލްމު ބަލާފައި އާއިލާއިން ދިން ރިއެކްޝަން ސާރާ ވަނީ އިންޑިޔާ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ހިއްސާކޮށްފައެވެ. އެގޮތުން މަންމަ އަމްރިތާ ސިންގް އަދި ބައްޕަ ސައިފް އަލީ ޚާން ފިލްމު ބަލާފައި ރުއިކަމަށް ސާރާ ބުންޏެވެ.

ފިލްމު ސާރާ ދެއްކި އެކްޓިންނަށް ވަރަށް ތައުރީފް ކުރިކަމަށައި މައިންބަފައިން އޭނާއާއި މެދު ފަހުރުވެރި ވެފައި ތިބުމުން ވަރަށް އުފާވާކަމަށް އޭނާ ބުންޏެވެ. އަދި ކޮއްކޮ އިބްރާހިމްވެސް ފިލްމުގައި ސާރާ އެކްޓިން މޮޅުކަމަށް އެންމެން ގާތުގައި ބުނިކަމަށް އޭނާ ބުންޏެވެ.

ސާރާގެ ކުޅުނު ކާމިޔާބު ފިލްމުތަކަށް ބަލާއިރު ވަރުންއާއި އެކު ކުޅުނު ކޫލީ ނަންބަރު ވަން އަދި ރަންވީރާއެކު ކުޅުނު ރޯހިތް ޝެޓީގެ ސިމްބާ ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355