twitterviber whatsapp telegramfacebookyoutube instagram
29th March 2024

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓާސްކްފޯހެއް އެކުލަވާލައިފި

ޚަދީޖާ އާދަމް
Dec 28, 2021
3

ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓާސްކްފޯހެއް އެކުލަވައިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ މި ޓާސްފޯހުން ކުރާ މަސައްކަތުގެ ނަތީޖާ އަންނަ އަހަރު ތެރޭގައި ފެންނާނެ ކަމަށާއި މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް އިގްތިސޯދީ އެންމެ ބޮޑު މައްސަލަކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކަށް ބަލާލުމުން ރާއްޖޭގައި މި މައްސަލަ ފުޅާވެފައި އޮތް މިންވަރާއި މިކަމުގެ ސީރިއަސް ކަން ހާމަވެގެން ދާ ކަމަށެވެ.

މި މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް ސަރުކާރުން އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ ސީޕީ ވިދާޅުވީ ކުރިއަށް އޮތް 2022 ވަނަ އަހަރު ޓާސްކްފޯހުގެ މަސައްކަތްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ އަދަދު ގިނަ ވަމުންދާތީ، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށް ރައީސް ސޯލިހު ޓާސްކުފޯހެއް އުފެެއްދެވީ އަމިއްލަ އިސްނެންގެވުމަކަށް ކަމަށެވެ. އަދި މި ޓާސްކުފޯހުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355