twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސަރުކާރުގެ ފެނާއި ނަރުދަމާގެ ފަހު މަރުޙަލާގެ މައި ހިއްސާދާރަކަށް ފެނަކަ

މުޙައްމަދު އަހުމަދު
Dec 29, 2021

ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުރިހަމަކުރުމުގެ ގޮތުން، އެ ހިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ހިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ފެނަކައާ ހަވާލުކޮށްފި އެވެ.

ފެނަކައިން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން މިއީ ހުރިހާ ފަރާތްތަކުން ވެސް، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ހިއްސާ ބަލައިގަނެ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކުންފުންޏަށް ލިބިފައި ވާކަމުގެ ހެއްކެކެވެ.

ފެނަކައިގެ ތާރީހުގައި މިހާތަނަށް ހަވާލުވި އެންމެ ބޮޑު މަޝްރޫއު ކަމުގައި މިމަޝްރޫއު ވެގެން ގޮސްފައި ވާއިރު، ފުރިހަމަގޮތުގައި އަވަސްކަމާއެކު މަސައްކަތް ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް ފެނަކަ އޮތީ ސާބިތުކަމާއެކު ތައްޔާރުވެފައިކަމަށް އެކުންފުނިން ހާމަކުރެ އެވެ.

600 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މިމަޝްރޫއު ކަނޑައަޅައި އެއްބަސްވެފައިވާ ތާރީހަށްވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަށް ފެނަކައިން ވަނީ އަމާޒު ހިފާފައިކަމަށް އެކުންފުނިން ބުނެ އެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ، އަލަށް ގާއިމްކުރެވޭ ނިޒާމްތަކުން، ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ހިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355