ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސްރީލަންކާއަށް ކުރައްވާ ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނަބަލުން އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.
ރައީސްގެ ދެ ކަނބަލުން ވަނީ މިދިޔަ އަހަރު ވެސް އާ އަހަރުގެ ބަންދާ ދިމާކޮށް ލަންކާއަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަ އެވެ.